English Edition
Dhivehi Edition
ހުޅުމާލެ ފޭސް 2

މި މަހުގެ ދެވަނަ ދުވަހު ހުޅުމާލެ ދެވަނަ ފިޔަވަހީގެ ނިރޮޅުމަގުގައި ޕިކަޕަކާއި ސައިކަލެއްޖެހިގެން ހިނގި އެކްސިޑެންޓްގައި ލިބުނު އަނިޔާތަކަށް ފަރުވާ ދެމުންދިޔަ ޒުވާނާ ނިޔާވެއްޖެއެވެ.

އެ އެކްސިޑެންޓް ހިނގާފައިވަނީ މި މަހުގެ ދެވަނަ ދުވަހުގެ ހަވީރު 15:17 ހާއިރު އެވެ. އެ ހާދިސާގައި ނިޔާވެފައި ވަނީ ހދ. ނެއްލައިދޫ، ވަޒަން، އަހްމަދު ޒައިން، 20 އ. އެވެ. ޒައިން މިރޭ ނިޔާވެފައިވާ ކަމުގެ ޚަބަރު ފުލުހުންވަނީ ކަށަވަރުކޮށްދީފައެވެ.

އެކްސިޑެންޓަށް ފަހު އޭނާ އެންމެ ފުރަތަމަ ގެންދިޔައީ ހުޅުމާލޭ ހޮސްޕިޓަލަށެވެ. އެއަށް ފަހު ހާލު ސީރިއަސްވުމުން އައިޖީއެމްއެޗަށް ބަދަލުކުރި އެވެ. އެ ހޮސްޕިޓަލްގައި އޭނާއަށް ފަރުވާ ދީފައިވަނީ ވެންޓިލޭޓަރުގެ އެހީގަ އެވެ.

އެކްސިޑެންޓާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން ގެންދާކަމަށް ފުލުހުން އޭރުވަނީ ބުނެފައެވެ.