English Edition
Dhivehi Edition
ރާއްޖެއާއި ސާބިއާއާ ދެމެދު ވެވުނު އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ފޮރިން މިނިސްޓްރީ

ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، އަބްދުﷲ ޝާހިދު ސާބިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ދިވެހި ސަރުކާރާއި ސާބިއާ ސަރުކާރާ ދެމެދު މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރައްވައިފިއެވެ.

ރާއްޖެއާއި ސާބިއާއާ ދެމެދު މިއަދު ސޮއިކުރެވުނު އެއްބަސްވުންތައް:

  1. ވިޔަފާރިއާއި އިންވެސްޓްމަންޓާއި އިޤްތިޞާދީ އެއްބާރުލުމާ ގުޅޭ އެއްބަސްވުން
  2. ދިވެހި ސަރުކާރާއި ސާބިއާގެ ސަރުކާރާ ދެމެދު ވެވުނު އެއަރ ސަރވިސަސް އެގްރީމަންޓް
  3. ޑިޕްލޮމެޓިކް އެޑިއުކޭޝަންގެ ދާއިރާއިން އެއްބާރުލުން ދިނުމާ ބެހޭ ގޮތުން ދިވެހިރާއްޖޭގެ ޚާރިޖީ ވުޒާރާއާއި ސާބިއާގެ ޚާރިޖީ ވުޒާރާއާ ދެމެދު ވެވޭ އެއްބަސްވުން
  4. ދިވެހިރާއްޖޭގެ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއި ސާބިއާގެ ސްޕޯޓްސް މިނިސްޓްރީއާ ދެމެދު ކުޅިވަރުގެ ދާއިރާއިން ވެވޭ އެއްބަސްވުން

ޚާރިޖީ ވުޒާރާއިން ބުނީ މިއަދު ސޮއިކުރެވުނު އެއްބަސްވުންތަކަކީ ކުޅިވަރާއި ވިޔަފާރިއާއި ދެ ޤައުމުގެ ރައްޔިތުންނާ ދެމެދު އޮންނަ ގުޅުން ފަދަ ދާއިރާތަކުން އެއްބާރުލުން އިތުރުވެގެންދިއުމުގެ އިތުރުން، ދެޤައުމުގެ ގުޅުން ބަދަހިވަމުންދާކަމުގެ ހެއްކެއް ކަމަށެވެ.