English Edition
Dhivehi Edition

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދަން ފުލުހުން އިޢުލާން ކޮށްފިއެވެ.

މިއީ ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެއްޗާއި، ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެތި ކަމަށް ފުލުހުން ބުނެއެވެ. އަދި އެ ތަކެތީގެ ވެރިފަރާތް އެ މީހުންނަށް ބުނެދެވިފައި ނުވާތީ އެ ތަކެތި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.
އެގޮތުން ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ތަކެއްޗަކީ:

މާފަންނު ޕޮލިސް ސްޓޭޝަން

އެޕްރީލް 15 ވަނަ ދުވަހު ނޯތު ހާބަރުން އާންމު ފަރާތަކުން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ 400 ރުފިޔާ. އިންސިޑެންޓް ނަންބަރ 554318

އެޕްރީލް 17 ވަނަ ދުވަހު މާވެޔޮމަގު، ފަތަހަ މޯލް ކައިރިން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާކަމަށް ބެލެވޭ މަކީޓާ ބްރޭންޑުގެ ބުރުމާއަކާއި ކަރަންޓު ނަރުރޯލުތަކެއް. އިންސިޑެންޓް ނަންބަރ 554504

އެޕްރީލް 20 ވަނަ ދުވަހު ގުލްހަޒާރު ގޯޅިން އާންމު ފަރާތަކުން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ މުށިކުލައިގެ ވޮލެޓެއް. އިންސިޑެންޓް ނަންބަރ 555938

މި ތަކެތީގެ ވެރިފަރާތުން 9660183 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުމަށް ފުލުހުން އެދިފައިވެއެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު މާފަންނު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވުމަށް ދަންނަވާފައިވެއެވެ.

ގަލޮޅު ޕޮލިސް ސްޓޭޝަން

އެޕްރީލް 19 ވަނަ ދުވަހު ހުޅުމާލެ ހައިވޭއިން އާންމު ފަރާތަކުން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ އައިޕެޑެއް. އިންސިޑެންޓް ނަންބަރު 554723

އެޕްރީލް 21 ވަނަ ދުވަހު ދަރުމަވަންތަ ހިނގުމުން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުންފެނިފައިވާ ވަގަށް ނަގާފައިވާކަމަށް ބެލެވޭ ވިލާ ގޭސްފުޅިއެއް. އިންސިޑެންޓް ނަންބަރު 554889

އެޕްރީލް 23 ވަނަ ދުވަހު ބުރުޒުމަގުން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުންފެނިފައިވާ ވަގަށް ނަގާފައިވާކަމަށް ބެލެވޭ ދަބަހެއް. އިންސިޑެންޓް ނަންބަރު 555081

އެޕްރީލް 25 ވަނަ ދުވަހު ރަސްފަންނުން އާންމު ފަރާތަކުން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ ސެމްސަންގ ބްރޭންޑުގެ ކަޅުކުލައިގެ މޯބައިލް ފޯނެއް. އިންސިޑެންޓް ނަންބަރު 555321

އެޕްރީލް 29 ވަނަ ދުވަހު ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާކަމަށް ބެލެވޭ ހުއާވެއި ބްރޭންޑުގެ ޓެބްލެޓެއް. އިންސިޑެންޓް ނަންބަރު 555766

މާރިޗު 4 ވަނަ ދުވަހު ބެންކް އޮފް މޯލްޑިވްސް ކައިރިން އާންމު ފަރާތަކުން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ 20 ރުފިޔާ. އިންސިޑެންޓް ނަންބަރު 556274

މި ތަކެތީގެ ވެރިފަރާތުންވެސް 9631696 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުމަށް ފުލުހުންވަނީ އެދިފައެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ގަލޮޅު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވުމަށް ދަންނަވާފައިވެއެވެ.