English Edition
Dhivehi Edition

މާލޭގައި ފުލުހުންނަށް އިންޒާރުދީ ބިރުދެއްކި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ގދ. ގައްދޫ 33 އަހަރުގެ ފިރިހަނެކެވެ.

އޭނާގެ މައްޗަަށް ބިރުދެއްކުމުގެ ތުހުމަތުކޮށްފައިވާއިރު ކޯޓުން ވަނީ އެ ތުހުމަތު ވުޖޫދުވާ ވަރަށް ހެކި ފެނިފައިވާ ކަމަށް ބުނެފައެވެ. އަދި ހުށެހެޅިފައިވާ ބަޔާންތަކުން އޭނާ ފުލުހުންނަަށް ބިރުދައްކާ އިންޒާރު ދީފައިވާ ކަމަަަށް ބުނެފައިވެއެވެ.

މި މައްސަލައިގައި ހިމެނޭ މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހާފައިވާއިރު ބަންދު އަމުރުގައި ބުނެފައި ވަނީ އެ މީހާ ބަންދު ކުރަން އަމުރުކޮށްފައި ވަނީ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށެވެ.

ޓެގު