English Edition
Dhivehi Edition

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ސްޕޮންސަރ ކޮށްގެން ބޭއްވި “ހިޔާތަރި ގުރުއާން މުބާރާތް 1444” ނިމިއްޖެއެވެ.

މި މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ހުރަވީ ސްކޫލްގައެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ މުބާރާތުގެ ވަނަތަކަށް ހޮވުން ފަރާތްތަކަށް އިނާމު ހަވާލުކޮށްދެއްވީ އެމްއެންޕީގެ ރައީސް މުޙައްމަދު ނާޒިމްއެވެ.

މި ރަސްމިއްޔާތުގައި ނާޒިމް ދެއްކެވި ވާހަކައިގާ އެމްއެންޕީއަކީ މިފަދަ ދީނީ ކަންކަން ދިރުވާ އާލާކުރުމަށް ތަރުޙީބުދޭ ޕާޓީއެއްކަމަށް ވިދާޅުވިއެވެ. އަދި މުބާރާތުގެ ވަނަތަކަށް ހޮވުނު ފަރާތްތަކަށް މަރުޙަބާ ދެންނެވިއެވެ.

މި މުބާރާތުގެ އެންމެ ޚާއްސަ ކެޓަގެރީ ކަމުގައިވާ ހިތުން ކިޔެވުމުގެ ގޮފިން މުޅި މުބާރާތުން އެއްވަނަ ހޯދި މަރިޔަމް އިމްޝާ ޝަފީއުއަށް ވަނީ މެޑައްޔާއި ތައްޓާއިއެކު އުމްރާ ދަތުރެއް ހަވާލުކޮށްފައެވެ.

ހިޔާސަރަހައްދަށް ނިސްބަތްވާ 16 ޓަވަރުގައި ދިރިއުޅޭ ފަރާތްތަކަށް އަމާޒުކޮށް ހުޅުމާލެ ފޭސް2، ކާމިލް ދީދީ ޕްރައިމަރީ ސްކޫލްގައި މި މުބާރާތް ބާއްވާފައިވަނީ މިދިޔަ އޭޕްރިލް މަހުގެ 12 އިން 15 އަށެވެ. މި މުބާރާތުގައި 160 ބައިވެރިން ބައިވެރިވެފައިވެއެވެ.

އޭގެތެރޭގައި 84 އަންހެން އަދި 76 ފިރިހެން ބައިވެރިން ހިމެނެއެވެ. ބަލައިގެން ކިޔެވުމާއި ނުބަލާކިޔެވުން ހިމެނުނުއިރު، ބައިވެރިން 5 އުމުރުފުރައަކަށް ބަހާލެވުނެވެ. އުމުރުފުރައިގައި ހިމެނުނީ 6 އަހަރުންދަށް، 9 އަހަރުންދަށް،12 އަހަރުންދަށް 15 އަހަރުންދަށް އަދި 18 އަހަރުންދަށެވެ.

ރަމަޟާން މަހަށް އަމާޒުކޮށްގެން އެޗް 3 ގެ އެޑްމިން ގްރޫޕުން އިންތިޒާމު ކުރި މިއީ 2 ވަނަ މުބާރާތެވެ.

މި ރަސްމިއްޔާތުގައި ވަނަވަނަށް އައި ފަރާތްތަކަށް މެޑައްޔާއި ތައްޓާއިއެކު ފައިސާގެ އިނާމު ހަވާލުކޮށްދެއްވީ އެމްއެންޕީގެ ނާއިބް ރައީސުންކަމުގައިވާ އަޙްމަދު އުޝާމް، މުޙައްމަދު ޝިހާބު އަދި ދުންޔާ މަޢުމޫންގެ އިތުރުން އެމްއެންޕީގެ ހުޅުމާލެ ދާއިރާގެ ރައީސާ ފާޠިމަތު ޖޭޒްމީންއެވެ.

މުބާރާތުގެ ނިންމުގެ ރަސްމިއްޔާތު އެންމެޕީގެ ފޭސްބުކް ޕޭޖްއިން ލައިވްކުރިއެވެ.