English Edition
Dhivehi Edition

ފުލުހުން ހައްޔަރުކުރަން އުޅުނު މީހަކަށް އަނިޔާވެ، ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފިއެވެ.

މިމައްސަލައާއި ގުޅިގެން ފުލުހުން ވިދާޅުވީ ޑްރަގް ކޯޓަށް ޖުލައި 16 ވާ އަންގާރަ ދުވަހުގެ 1 ޖަހާއިރަށް ހާޒިރުކުރުމަށް ފުލުހުންގެ މައްޗަށް ނެރެފައިވާ އަމުރު ތަންފީޒު ކުރުމުގެ ގޮތުން ފުލުހުންގެ ބެލުމުގެދަށަށް ގެނައި 38 އަހަރުގެ ފިރިހެނަކަށް އަނިޔާވެ އައިޖީއެމްއެޗުގައި ފަރުވާދެމުން އަންނަ ކަމަށެވެ.

މި ހާދިސާ ގައި ފުލުހުން ޢަމަލުކުރިގޮތާ މެދު އާއިލާގެ ސީރިއަސް ކަންބޮޑުވުންތަކެއް ހުރިކަމަށް ފުލުހުންނާއި އާއިލާއިން ހިއްސާކޮށްފައިވާތީ އެކަން ބެލުމަށް، ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑަރޑްސް ކޮމާންޑް، ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަދި ހިއުމަން ރައިޓްސް ކޮމިޝަންގައި އެދިފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި މި ހާދިސާގައި، ފުލުހުން ހައްޔަރު ކުރަން އުޅުނު މީހާއަށް އަނިޔާވީ އޭނާ ފިލަން އުޅުމުގެ ތެރޭގައި މާލޭގެ ގެއެއްގެ ފުރާޅުމަތިން ފުންމާލުމުގެ ސަބަބުންނެވެ.