English Edition
Dhivehi Edition

އދ. ދިއްދޫ ކައުންސިލް މެންބަރަކު އިންތިޚާބު ކުރުމަށް މިއަދު ބޭއްވި ބައި އިލެކްޝަން މޯލްޑިވްސް ނެޝެނަލް ޕާޓީގެ ކަޑިޑޭޓް އަނީސް މުޙައްމަދު ކާމިޔާބު ކޮށްފިއެވެ.

މިއިންތިޙާބުގައި ވާދަކޮށްފައިވަނީ އަނީސް މުޙައްމަދުގެ އިތުރުން އަމިއްލަގޮތުން ވާދަ ކުރި ކެޑިޑޭޓް ރަޝީދާ އާދަމްއެވެ.

މިއަދު ކުރިއަށް ދިޔަ ބައި-އިލެކްޝަންގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އަނީސް މުޙައްމަދަށް ވަނީ ޖުމްލަ 62 ވޯޓު ލިބިފައެވެ. އަދި ރަޝީދާ އާދަމްއަށް ލިބުނީ ޖުމްލަ 57 ވޯޓެވެ.

މިއަދު ބޭއްވި ބައި އިލެކްޝަންއަކީ ކުރިން އެކައުންސިލުގައި ހުރި މެންބަރަކު އިސްތިއުފާ ދެއްވުމާއި ގުޅިގެން ބޭއްވި އިންތިޙާބެކެވެ.

އިލެކްޝަން ކޮމިޝަނުން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު މިއިންތިހާބުގައި 119 މީހުން ވޯޓުލިއެވެ. އެއީ 57 ފިރިހެނުންނާއި 62 އަންހެނުންނެވެ. މި އިންތިޚާބުގައި ޖުމްލަ 147 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ.