English Edition
Dhivehi Edition
ފޮޓޯ: ޕަރަލިމްޕިކް މޯލްޑިވްސް

ތައިލޭންޑް ޕެރާ އިންޓަރނޭޝަނަލް ބެޑްމިންޓަން 2023 ” ގައި ބައިވެރިވާ ރާއްޖޭގެ ޓީމު ފުރައިފިއެވެ.

މި މަހުގެ 9 ން 14 ގެ ނިޔަލަށް ބާއްވާ މި މުބާރާތުގައި ބައިވެރިވާ މި ޓީމު ތައިލޭންޑުގެ ބެންކޮކަށް ފުރައިފާފައިވަނީ މިއަދުއެވެ.

މޯލްޑިވްސް ޕަރަލިމްޕިކް އިން ބުނީ މި މަހުގެ 8 ވަނަ ދުވަހު އޮންނަ ކުޅުންތެރިންގެ ކްލަސިފިކޭޝަން ގައި ރާއްޖޭގެ ޕެރަ އެތުލީޓުން ބައިވެރިވާނެ ކަމަށެވެ.

މިޓީމުގައި ހިމެނެނީ އެސްއެޗް6 ގެ ދެ ޕެރާ އެޓްލީޓުންނާ އެސްއެލް ކެޓަގަރީގެ ދެ ކުޅުންތެރިން ކަމަށް ވެސް ބުނެއެވެ.

އެގޮތުން އެސްއެޗް6 ގެ ކެޓަގަރީގައި ހައްވާ ޢީޝަލް ރިޔާޒާއި އާއިޝާތު ނަޒާޙާ ޒަބީޙު ވާދަކުރާއިރު، އެސްއެލް ކެޓަގަރީގެ ވާދަ ކުރާނީ އަބްދުލްލަތީފް މުޙައްމަދާއި އަޙުމަދު ފަޔާޒު ކަމަށް އެ ކޮމެޓީން ބުނެއެވެ. މި ޓީމުގެ ކޯޗު އަދި މެނޭޖަރެއްގެގޮތުގައި ހަރަކާތްތެރިވަނީ ބެޑްމިންޓަން އެސޯސިއޭޝަނުން ޕެރަ ކޯޗިންނަށް އައްޔަންކުރައްވާފައިވާ އަޙުމަދު އިޔާދު ކަމަށް ވެސް ބުނެއެވެ.

މި މުބާރާތުގައި މި އެތްލީޓުން ސިންގަލް އަދި ޑަބަލްސްގެ އިވެންޓްތަކުގައި ވާދަ ކުރާނެ ކަމަށް ވެސް ބުނެއެވެ.

މޯލްޑިވްސް ޕެރަލިމްޕިކް ކޮމެޓީން ބުނީ މި މުބާރާތުގެ ބައިވެރިވުމުގެ މަޤްސަދަކީ 2024ގައި ފުރާންސްގެ ޕެރިހުގައި ބޭއްވުމަށް ހަމަ ޖެހިފައިވާ ޕެރަލިމްޕިކް ގޭމްސްއަށް ކޮލިފައިވުމަށާއި ކްލެސިފައިވުމަށް ކޮންމެހެންވެސް ބައިވެރިވާންޖެހޭ މުބާރާތަކަށް ވުމެވެ.

މީގެ އިތުރުން މިފަދަ މުބާރާތްތަކުން ލިބޭ ޕޮއިންޓްތަކުން ޕެރިސް 2024 ގެ ފެރަލިމްޕިކް ގޭމްސްތަކަށް ކޮލިފައިވުމަށް މަގުފަހިކޮށްދިނުމަކީ ވެސް މަގުސަދެއް ކަމަށް ބުނެއެވެ.

މީގެކުރިން ވެސް މި ކުޅުންތެރިން ވަނީ ބަޙްރެއިންގައި ޕެރާ ޔޫތް ގޭމުސްއާއި ދުބާއިގައި ބޭއްވުނު ފަޒާ ގޭމްސްގައި ރާއްޖެ ތަމްސީލުކޮށް ވާދަކޮށްފައެވެ.
އަދި 2019ވަނަ އަހަރު ސްޕެޝަލް އޮލިމްޕިކްސް، އޭޝިޔާގެ ފަރާތުން ތައިލެންޑުގައި ބޭއްވި ޔުނިފައިޑް ބެޑްމިންޓަން މުބާރާތުގައި ޢަބްދުލް ލަތީފް މުޙައްމަދު ވަނީ ރާއްޖެއަށް ލޯ މެޑަލް ހޯދައިދީފައެވެ.