English Edition
Dhivehi Edition

ރާއްޖެއަށް ޕެރަ އެތުލެޓިކްސް އިން ރަންމެޑަލް ލިބިއްޖެއެވެ.

މި މެޑެލް ލިބުނީ އިންޑިޔާގެ ބެންގަލޫރުގައި މިމަހުގެ 4 ން 7 ށް ކުރިޔަށް ދާ 5 ވަނަ އިންޑިއަން އޯޕަން އިންޓަރނޭޝަނަލް ޕެރައެތުލެޓިކްސް ޗެމްޕިއަންޝިޕް 2023 މުބާރާތުގައެވެ.

މެޑެލް ހޯދައިދިނި އެ މުބާރާތުގައި ޓީ 11 ގެ ކެޓަގަރީން 100 މީޓަރގެ ދުވުމުން ޕެރަ އެތުލީޓު، މުޙައްމަދު މާޒިން އެވެ.

މާޒިންނާއި އެކު ގައިޑްރަނަރ އެއްގެ ގޮތުގައި ދުވެފައިވަނީ ހުސެއިން ޝިފާޒެވެ.

އިންޓަރނޭޝަނަލް ޕެރަލިމްޕިކް ކޮމިޓީގެ ގްރާންޓް ދަށުން ބައިވެރިވި މިމުބާރާތުގައި 12 ޤައުމަކުން ވާދަކުރެއެވެ. ރީޖަނަލް ސްޕޯރޓްސް ޓްރއިނިންގ އާއެކު ކުރިއަށް ގެންދާ މިމުބާރާތުގައި ރާއްޖޭން ޕެރަ އެތުލެޓިކްސް ކުޅުންތެރިއަކު، ޕެރަ އެތުލެޓިކްސް ކޯޗަކު، ޕެރަ އެތުލެޓިކްސް ޓެކްނިކަލް އޮފިޝަލެއްގެ އިތުރުން ޕެރަ ބެޑްމިންޓަން ކްލެސިފަޔަރަކު ތަމްރީނު ކުރެވިފައިވެއެވެ.

މިއީ ރާއްޖޭގެ ޕެރަ އެތުލެޓިކްސް އިން ހޯދުނު 3ވަނަ ރަންމެޑެލެވެ. މީގެ ކުރިން އެމެރިކާގައި 2022ވަނަ އަހަރު ބޭއްވުނު ޕޭން އެމިކަންގޭމްސްގައި ވާދަކޮށް ރާއްޖޭންވަނީ 2 ގޯލްޑް މެޑަލް ހޯދާފައެވެ.

ނަމަވެސް މުޙައްމަދު މާޒިން މިހޯދި ރަން މެޑަލްއަކީ ގްރޭންޕްރީ ލެވަލްގެ ބައިނަލްއަޤްއާމީ، ވޯލްޑް ޕެރަ އެތުލެޓިކްސް ފެޑެރޭޝަނުން ސަންކްޝަން ކުރާ މުބާތެއްގައި ހޯދުނު ފުރަތަމަ ރަންމެޑެލްއެވެ.