English Edition
Dhivehi Edition

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފަލްޓުތަކުގެ ސްޓްރަކްޗަރއަށް ބަދަލު ގެނައި މައްސަލައެއްގައި ދެ އެޕާޓްމަންޓުގެ ވެރިން ޖޫރިމަނާކޮށްފިއެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ހިޔާ ފްލެޓުގެ އިމާރާތެއްގައި ދެ އެޕާޓްމަންޓު އެއްކޮށްލާފައިވާ މައްސަލައެއް ދާދި ފަހުން ވަނީ ފެންމަތިވެފައެވެ. އެގޮތުން ދެ އެޕާޓްމަންޓުގެ މެދު ފާރު ތަޅާލައި، އެ ދެ އެޕާޓްމަންޓު ވަނީ އެއްކޮށްލާފައެވެ.

އަރބަންކޯއިން ބުނިގޮތުގައި ދެ އެޕާޓްމަންޓް އެއްކޮށްލައިގެން ހަދާފައިވާކަމުގެ ރިޕޯޓު އެ ކޯޕަރޭޝަނަށް ލިބުމާއިގުޅިގެން، އެކޯޕަރޭޝަނުން ބެލި ބެލުމުން މިހާރު ވަނީ އެއީ ކޮން އެޕާޓްމަންޓްތަކެއްކަން ދެނެގަނެވިފައި ކަމަށެވެ. އަދި އެޕާޓްމަންޓުގެ އިންޓީރިއަރ ހެދުމުގެ މަސައްކަތް ކުރި އިރު، އެ ކޯޕަރޭޝަނުން ހަދާފައިވާ އުސޫލުތަކާއި ހިލާފަށް ދެފަރާތުން ދެ އެޕަރޓްމަންޓުގެ މެދު ފާރު ތަޅާލައި، 4 ކޮޓަރީގެ އެއް އެޕާޓްމަންޓަކަށް ބަދަލުކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. އަދި މި މައްސަލަ ބެލުމަށް ފަހު ކޮންމެ އެޕާރޓްމަންޓެއް، 100،000ރ އިން ޖޫރިމަނާކޮށް، ފަސް ދުވަހުގެ ތެރޭގައި ދެ ފަރާތުން ވެސް އެ ފައިސާ ދެއްކުމަށް އަންގާފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.

މީގެ އިތުރަށް ހިޔާ ފުލެޓުގައި ދެ އެޕަރޓްމަންޓެއް އެއްކޮލައިގެން ޖުރިމަނާ ކުރެވުނު އެޕަރޓްމަންޓުތަށް، 10 ދުވަހުގެ ތެރޭގައި މިކަން އިސްލާހުކޮށް، ފުލެޓު ހަވާލުކުރެވުނު އިރު ހުރިގޮތަށް އިޔާދަ ކުރުމަށް، ފުލެޓުތަކުގެ ވެރިފަރާތްތަކަށް އަންގާފައިވާ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.