English Edition
Dhivehi Edition

ހިޔާ ޓަވަރެއްގައި ދެ ފްލެޓު އެއްކޮށްލުމަށް މެދު ފާރު ތަޅާލި މައްސަލާގައި އެ ފާރު އަނބުރާ ރާނައި އިމާރާތް ހުރި ގޮތަށް އަލުން ހެދުމަށް ވެރިފަރާތަށް ދިން މުއްދަތު އިތުރުކޮށްފިއެވެ.

ހިޔާ ޓަވަރެއްގައި ހުރި ދެ އެޕާޓްމަންޓު އެއްކޮށްލުމަށް ދެ އެޕާޓްމަންޓުގެ މެދު ފާރު ތަޅާލި މައްސަަލާގައި ކޮންމެ ފްލެޓެއްގެ ވެރިފަރާތް 100،000ރ. އިން ޖޫރިމަނޮށް 5 ދުވަސް ތެރޭގައި އެ ފައިސާ ދެއްކުމަށާއި، 10 ދުވަސް ތެރޭގައި އެ ފާރު އަލުން ރޭނުމަށް ވަނީ އަންގާފައެވެ.

އަރބަންކޯއިން ބުނީ ފްލެޓުގެ ފާރު އަލުން ރާނައި ކުރީގެ ހާލަތަށް ބަދަލުކުރުމަށް ކުރުމަށް ދިން މުއްދަތު އިތުރު ކޮށްދިނުމަށް އެދި ފުލެޓުގެ ވެރިފަރާތުން އެ ކޯޕަރޭޝަނަށް ހުށަހަޅާފައިވާތީ، އެ ހުށަހެޅުމުގައި ހިމަނާފައިވާ ސަބަބުތަކަށް ބަލާ އިތުރު ހަތް ދުވަހުގެ ފުރުސަތެއް ޔުނިޓްތަކަށް ގެނެސްފައި ބަދަލުތައް ހައްލު ކުރުމަށް މިހާރު ދީފައިވާނެ ކަމަށެވެ.

ޖޫރިނަމާ ފަސް ދުވަހުގެ ތެރޭގައި ދެއްކުމަށާއި އެޕާޓްމަންޓް ކުރިން ހުރި ގޮތަށް ބަދަލުކުރަން 10 ދުވަހުގެ މުހުލަތެއް ދިނުމަށް ފަހު ދިން މުއްދަތުގެ ތެރޭގައި އެކަން ކޮށްފައި ނުވާތީއާއި އެކަމުގައި އިތުރު މުއްދަތަކަށްވެސް އޭރު އެދިފައި ނުވާތީ އަރބަންކޯއިން ވަނީ އެ ދ އެޕާޓްމަންޓު ހުސްކުރުމަށް 14 ދުވަހުގެ މުއްދަތެއް ދީފައެވެ. އެކަމަކު އެ ުއްދަތު ތެރޭގައި އެތަން ހުސްކޮށްފައެއް ވެސް ނުވެއެވެ.