English Edition
Dhivehi Edition
އެމްއާރުއެމް އުފެއްދުމަށް ބޭއްވި ޖަލްސާގެ ނިމުން ފާހަގަކުރުމުގެ ތެރެއިން - ފޮޓޯ: ޓްވިޓާ (އެމްއާރުއެމް)

މޯލްޑިވްސް ރިޕޯމް މޫވްމެންޓް (އެމްއާރްއެމް) ގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކެއް ޕާޓީއަށް ދުރަށް ޖެހި، ޕާޓީ އިން ވަކިވާން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެއެވެ.

ބައެއް ނޫސްތަކުގައި ބުނެފައިވާ ގޮތުގައި އެ ޕާޓީގައި އިސްކޮށް ހަރަކާތްތެރިވާ 11 ބޭފުޅަކު ޕާޓީން ވަކިވާން ވަނީ ހުށަހަޅާފައެވެ.

އެ ފަރާތްތަކުގެ ތެރޭގައި ހެރިޓޭޖް މިނިސްޓަރު އަދި މައުމޫނުގެ ދަރިކަނބަލުން ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމާއި މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރު ޝަޒައިލް ޝިިޔާމް، އެމްއައިޓީޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރާއިދު ހިމެނޭ ކަމަށް ޚަބަރުތައް ބުނެއެވެ. އަދި އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރ ތަޒްމީލް އަބްދުއްސަމަދާއި ޔޫއޭއީގައި ހުންނަވާ ރާއްޖޭގެ ޑެޕިއުޓީ އެމްބެސަޑަރު މުހައްމަދު ފައިސަލް އަދި ޓޫރިޒަމް މިނިސްޓްރީގެ ސީނިއަރ ޕޮލިސީ ޑިރެކްޓަރު ފަރުހާދު އިބްރާހިމް އެމްއާރްއެމް އިން ވަކިވާ މީހުންގެ ލިސްޓުގައި ހިމެނޭ ކަމަށް ޚަބަރުތައް ބުނެއެވެ.

އެހެންނަމަވެސް މިކަމާއި ގުޅިގެން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު އިސްވެ ހިންގަވާ ޕާޓީ، އެމްއާރުއެމް އިން މިހާތަނަށް އެއްޗެއް ބުނެފައެއް ނުވެއެވެ.

އެމްއާރްއެމް އިން މި ފަރާތްތައް ވަކިވާން ނިންމީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ދެވަނަ ދައުރެއް ހޯދައިދިނުމަށް މަސައްކަތް ކުރުމަށް ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ސާލިހާއެކު ކުރިއަށް ދިއުމާ މެދު އެމްއާރުއެމް އިން އަދިމިހާތަނަށް ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ.