ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން އުފައްދަން މަސައްކަތްކުރާ ޕާޓީ ވެގެންދާނީ ރައީސް މައުމޫނުގެ އެމްއާރްއެމް ‘ސައިޒު’ގެ ޕާޓީއަކަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ވިދާޅުވެއްޖެއެވެ.
އެމްޑީޕީ ތެރެއިން އުފެދިގެން އައި ފިކުރެއްގެ ދިރުން ފެކްޝަނުން އުފައްދަން މަސައްކަތްކުރާ ޕާޓީއަށް ވަރަށް ބޮޑަށް ‘މަލާމާތްކުރައްވަމުން’ ޝަރީފް ވިދާޅުވީ މުސްތަގުބަލުގައި ފިކުރެއްގެ ދިރުން އަށް ވާނެ ގޮތުގެ މިސާލު އެމްއާރްއެމް އިން ފެންނަމުންދާ ކަަމަށެވެ. “2024 ވަނަ އަހަރުގެ އިންތިހާބަށް ފަހު އެމްއާރްއެމް ވަރުގެ ސައިޒުގެ ޕާޓީއަކަށް ވެގެންދާނީ. އެމްއާރްއެމް އިން މައުމޫނު އަބްދުލް ގައްޔޫމުގެ ފަހަތުން އެނބުރޭ ގޮތަށް ފިކުރެއްގެ ދިރުން އެނބުރޭނީ ރައީސް ނަޝީދުގެ ފަހަތުން” ޝަރީފް ވިދާޅުވިއެވެ.
Musthagubaluga FIkureggeDhirun ah vaane gothuge misaalu MRM in e othee fennan. 2024 ge inthikhaabah fahu MRM varu ge e size ge party akah vegen dhanee. MRM @maumoonagayoom ge fahathun eburey gothah FIkureggeDhirun ebureynee @MohamedNasheed ge fahathun.
— Ibrahim Shareef (@AdduShareef) May 20, 2023
މީގެ އިތުރުން ޝަރީފް ވިދާޅުވީ ފިކުރެއްގެ ދިރުން އަށް 50،000 މީހުން ސޮއިކޮށްފިކަމަށާ ގޮފިތައް ހަދައިގެން އެކްސާޓާއޯޑިނަރީ ކޮންގްރެސް އަށް ބާއްވާ ރައީސް ނަޝީދުއަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް އަތުލައްވާނެކަމަށް އަޑުހަރުކޮށް ގޮވަމުން ދިޔަކަމަށެވެ. “އެހެންނަމަވެސް އެކަންވެސް ނުވި. ދެން މިހާރު މިކިޔަނީ ފިކުރެއްގެ ދިރުން ވާނީ އެމްޑީޕީއަށްވުރެ ބޮޑު ޕާޓީއަކަށޭ” ފިކުރެއްގެ ދިރުން އަށް ފާޑުކިޔަމުން ޝަރީފް ވިދާޅުވިއެވެ.