English Edition
Dhivehi Edition
އިބްރާހިމް ފައިހް ނިޒާމު----ފޮޓޯ: މޯލްޑީވްސްޕޮލިސް ސާވިސް

ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައިގައި ހައްޔަރުކޮށްފައިވާ ސ. މަރަދޫ ފޭދޫ ރަށްދެބައިގެ، އިބްރާހިމް ފައިހުގެ ބަންދުގެ މުއްދަތު އިތުރުކޮށް އިތުރު 15 ދުވަސް ޖަހައިފިއެވެ.

ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައެއްގައި ފުލުހުން ހޯދަން އިއުލާންކޮށްފައި ވަނިކޮށް މިދިޔަ މަހުގެ 21 ވަނަ ދުވަހު ފައިހުވަނީ އަމިއްލައަށް ފުލުހަށް ހާޒިރުވެފައެވެ.

ފައިހުގެ ބަންދަށް ކޯޓުން ފުރަތަމަ ދިނީ 30 ދުވަހުގެ މުއްދަތެވެ. އެ 30 ދުވަސް އިއްޔެގެ ނިޔަލަށް ހަމަވާތީ ބަންދުގެ މުއްދަތު އިތުރުކުރަން ކްރިމިނަލް ކޯޓަށް ހާޒިރުކޮށް ފުލުހުން އެދުނީ ޝަރީއަތް ނިމެންދެން ފައިހު ބަންދުކޮށް ދިނުމަށެވެ. ސަބަބެއް ކަމަށް ފުލުހުން ބުނެފައިވަނީ, އޭނާ ދޫކޮށްލައިފި ނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވުމުގެ ފުރުސަތު އޮތް ކަމަށެވެ.

އެހެންނަމަވެސް ފައިހުގެ ބަންދަށް އިއްޔެ ކްރިމިނަލް ކޯޓުން އިތުރުކޮށްދިނީ 15 ދުވަހެވެ.

ފައިހު ހައްޔަރުކުރިޔަ ނުދިނުމަށް އޭނާ ފޮރުވައި ހިމާޔަތްދިން ކަމުގެ ތުހުމަތުގައިވެސް ފުލުހުން ވަނީ ފަސް މީހަކު ހައްޔަރުކޮށްފައެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ ތިން މީހެއްގެ ބަންދަށް 15 ދުވަސް ޖަހައި ބާކީ ތިބި ދެ މީހުން ދޫކޮށްލައިފައެވެ.

 

ޓެގު