English Edition
Dhivehi Edition
މަރަދޫ ބޮޑު މަގު. ފޮޓޯ އޭއޯ ނިއުސް

އައްޑޫ ސިޓީ މަރަދޫގައި ހިނގި މާރާމާރީއެއްގައި ދެ މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ބުނީ ރޭ 10:30 ހާއިރު މަރަދޫގައި މާރާމާރީއެއް ހިނގައިގެން އުޅޭކަމުގެ ރިޕޯޓް އެ އިދާރާއަށް ކޮށްފައިވާކަމަށެވެ. އަދި މި މައްސަލައިގައި އަނިޔާވި ދެ މީހުންނަށް ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި މާރާމާރީ އާއި ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށާއި މި މައްސަލަ ފުލުހުން ތަހުގީގުކުރަމުން އަންނަކަމަށެވެ.

ޓެގު