English Edition
Dhivehi Edition

އިންޓަރނޭޝަނަލް ގާރލްސް އިން އައިސީޓީ ދުވަހާ ގުޅުވައިގެން، އިންފޮމޭޝަން އަދި ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ދާއިރާގެ މުހިންމު ކަމާއި މި ދާއިރާގައި ހުރި ފުރުސަތުތަކުގެ މައުލޫމާތު ދަރިވަރުންނަށް ފޯރުކޮށްދިނުމަށް ބޭންކް އޮފް މޯލްޑިވްސް އިން ފުވައްމުލައް އަދި އައްޑޫގައި ހަތަރު ދުވަހުގެ ޕްރޮގްރާމެއް ފަށައިފިއެވެ.

ބީއެމްއެލްގެ އިންފޮމޭޝަން ޓެކްނޮލޮޖީ ޓީމުގައި މަސައްކަތް ކުރާ އަންހެން މުވައްޒަފުން ވަނީ ޏ. އަތޮޅު އެޑިއުކޭޝަން ސެންޓަރ ގައި ސައިބަރ ސެކިއުރިޓީ، ސްކޭމް އަށް ހޭލުންތެރިކުރުން، އައިސީޓީ އަދި ޑޭޓާ އިންޖިނިއަރިންގ ދާއިރާގައި ހުރި ފުރުސަތުތަކުގެ މައުލޫމާތު 100 އަށް ވުރެ ގިނަ ދަރިވަރުންނަށް ފޯރުކޮށްދީފައެވެ.

ބީއެމްއެލް ޓީމުގައި ހިމެނޭ ޑޭޓާ އިންޖިނިއަރސް، ސޮފްޓްވެއާ ޑިވެލޮޕަރސް، ޔޫއައި/ޔޫއެކްސް ޑިޒައިނާޒް އަދި ޓެކްނިކަލް ސަޕޯޓް ސްޕެޝަލިސްޓުން ވަނީ ސްކޫލް ނިންމާ ކުދިންނަށް ވަޒީފާގެ ފުރުސަތުތަކުގެ މައުލޫމާތު އަދި މެންޓަރޝިޕް ސެޝަންތަކެއްވެސް ކުރިޔަށްގެންގޮސްފައެވެ.

މީގެ އިތުރުން ބީއެމްއެލްގެ އައިޓީ ޓީމުން ފުވައްމުލަކު ބްރާންޗް، ގަން ބްރާންޗު، ހިތަދޫ ބްރާންޗް އަދި އައްޑޫގައި ހުންނަ ބީއެމްއެލް ކޯލް ސެންޓަރ އަށް ޒިޔާރަތްކޮށް މި ބްރާންޗް ތަކުގައާއި ކޯލް ސެންޓަރުގައި މަސައްކަތް ކުރާ މުވައްޒަފުންނާއެކު އެންމެ ފަހުގެ ސިސްޓަމް ޕްރޮސެސްތަކާއި މަސައްކަތްތައް އިތުރަށް ފުރިހަމަކުރުމަށް ބަދަލު ގެނެވޭނެ ކަންކަން ފާހަގަކޮށް މަޝްވަރާކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.