English Edition
Dhivehi Edition

ޙައްޖުގެ އަޅުކަން އަދާކުރުމަށް މިއަދު މައްކާއަށް ފުރާ ޙައްޖުވެރިންނަށް ވެލާނާ އިންޓަރނޭޝަނަލް އެއަޕޯޓުގައި ހުކުރު ނަމާދު ކުރެވޭނެ އިންތިޒާމް ސަރުކާރުން ހަމަޖައްސައި ދީފިއެވެ. ރާއްޖޭގެ ހައްޖުވެރިންގެ ފުރަތަމަ ގުރޫޕު މިއަދު ވަނީ ފުރާފައެވެ. ފުރަތަމަ ގުރޫޕުގައި ހިމެނެނީ 298 ހައްޖުވެރިންނާއި 26 އެހީތެރިންނެވެ.

ހައްޖު މިޝަންއިން އިން މަޢުލޫމާތު ދެއްވާގޮތުގައި މިއަހަރުގެ ހައްޖާޖީން މައްކާއަށް ދިއުމަށް ހަމަޖެހިފައި ވަނީ 3 ފްލައިޓެއްގައެވެ. އެގޮތުން ދެވަނަ ގްރޫޕް 353 ހައްޖާޖީންނާ އެކީ ފުރަން ހަމަޖެހިފައި ވަނީ ޖޫން މަހުގެ 3 ވަނަދުވަހުއެވެ. އަދި ތިން ވަނަ ގްރޫޕް 339 ހައްޖާޖީންނާ އެކު ފުރާނީ މިފެށޭ ޖޫންމަހުގެ 7 ވަނަ ދުވަހުއެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ ޙައްޖު ކޯޕަރޭޝަންގެ ޙަވާލުގައި މި އަހަރު ރާއްޖޭން 1000 ހައްޖުވެރިން ފުރަން ހަމަޖެހިފައިވާ ކަމަށެވެ. އިތުރު ކޯޓާއެއް މިއަހަރު ރާއްޖެއަށް ލިބިފައެއް ނުވެ އެވެ.

ރާއްޖޭން މިއަހަރު ހައްޖަށްދާ ހައްޖުވެރިންގެ ކަންކަން ހަމަޖެއްސުމަށް އިސްލާމިކް މިނިސްޓްރީގެ ފަރާތުން 10 ބޭފުޅުންގެ މައްޗަށް އެކުލެވޭ އެޑްވާންސް ޓީމަކާއި ހައްޖު މިޝަންގައި ހިމެނޭ ނުވަ ބޭފުޅަކު މި ވަގުތު ތިއްބެވީ ސަޢުދީ ޢަރަބިއްޔާގައެވެ.