English Edition
Dhivehi Edition

އޭއޯ ރޯދައިގެ ބަދިގެ އަކީ ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހަށް ޚާއްޞަ ކޮށްގެން އޭއޯ ނިއުސް އިން ގެނެސްދޭ ޚާއްޞަ ކޮލަމެކެވެ. މި ގޮތުން މި އަހަރުވެސް ތަފާތު ގިނަ އެކިވައްތަރުގެ މީރު ކެއުމާއި ބުއިން ތައްޔާރު ކުރާނެ ގޮތް މި ކޮލަމްގެ އެހީގައި އޭއޯ އިން ކޮންމެ ދުވަހަކުވެސް ގެނެސްދޭނެއެވެ.

އެގޮތުން ރޯދަ މަހުގެ 29 ވަނަ ދުވަހަށް ޚާއްޞަ ކޮށްގެން ރެސިޕީއެއްގެ ގޮތުގައި މި ގެނެސްދެނީ ކްރީމީ އޯރެއޯ މިލްކްޝޭކް ތައްޔާރު ކުރާނެ ގޮތެވެ.

ބޭނުންވާތަކެތި: 2 ތަށްޓަށް

2 ޖޯޑު ވެނީލާ އައިސްކްރީމް

3/2 ޖޯޑު ކިރު

1 ޖޯޑު އޯރެއޯ ބިސްކޯދު

ގާނިޝްކުރުމަށް :

ޗޮކްލެޓް ސިރަޕް

ވިޕިންގް ކްރީމް

އޯރެއޯ ބިސްކޯދު

ތައްޔާރުކުރާނެގޮތް:

ބްލެންޑަރަށް ކިރު, އައިސްކްރީމް އަދި އޯރެއޯ ބިސްކޯދު އަޅާފައި އޮލަވަންދެން ބްލެންޑް ކޮށްލާށެވެ. ބިއްލޫރި ތަށިނަގާފައި ތައްޔާރު ކުރި އޯރެއޯ މިލްކްޝޭކް އަޅާށެވެ. ދެން މައްޗަށް ވިޕިންގ ކްރީމް އަޅާފައި އޭގެ މައްޗަށް ޗޮކްލެޓް ސިރަޕް އަޅާލާށެވެ. އޯރެއޯ އަކުން ގާނިޝް ކުރުމަށްފަހު ސާރވް ކުރާށެވެ.