English Edition
Dhivehi Edition

ޒަމާނީ ޓެކްނޮލޮޖީއާއިއެކު އާންމުންނަށް ފިޓްނަސްގެ ޕްރޮގްރާމްތައް ހިންގުމަށް ހުޅުމާލޭގައި ހުޅުވި ލެގަސީ ފިޓްނަސް އިން ބޫޓް ކޭމްޕް އިންސްޓްރަކްޓަރ ކޯހެއް ފަރުމާކޮށް ކޯހުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފިއެވެ.

ގިނަ އަދަދެއްގެ ޓްރެއިނިން ޕްރޮގްރާމްތަކާއި ފިޓްނަސް ޕްރޮގްރާމްތަކެއް މީގެ ކުރިން ހިންގި، ތަޖުރިބާކާރު ޓީމަކާއެކު މި ރަމަޟާން މަހު ލެގަސީ ފިޓްނަސް ހުޅުވާފައިވާއިރު މިއީ އެސެންޓަރުގެ ނަމުގައި ފަށާ ފުރަތަމަ ޓްރެއިނިން ޕްރޮގްރާމެވެ.

ރާއްޖެއިން ބޭރުގެ އިންސްޓިޓިއުޝަނެއް ކަމަށްވާ ފިޓްނަސް އެޑިޓްރެއިނިން އޭޝިއާ ( އެފްއީއޭ) އާއި ގުޅިގެން 2 ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ޕްރޮގްރާމުގައި ބައިވެރިވުމަށް މިހާރު ފުރުސަތު ހުޅުވާލާފައިވާއިރު ކޯސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޖޫންމަހުގެ 10 އަދި 11 މި ދެދުވަހު، ކޮންމެ ދުވަހަކު ހެނދުނު 9:00 އިން ހަވީރު 4:00 އަށެވެ.

ލެގަސީ ފިޓްނަސް ގެ މެނޭޖިންގ ޑައިރެކްޓަރ ރިޔާޝް ރިޔާޒް ބުނީ މިފަދަ ޕްރޮގްރާމްތައް ޑިޒައިން ކުރުމުގެ ބޭނުމަކީ ގުރޫޕް ފިޓްނަސް ޕާރސަނަލް ޓްރެއިނިންގ ނުވަތަ ބޫޓްކޭމްޕަށް ޝައުގުވެރިކަން ހުންނަ ކުދިން ގިނަ ކަމުގެ ސަބަބުން އަދި އެކަމަށް އޮތް ލޯތްބެއްގެ ސަބަބުން އެކަމަށް އަމާޒުކޮށް ސެޓްފިކޭޝަން އެއް ހުޅުވާލަން ނިންމީކަމަށެވެ. އަދި ލެގަސީ ފިޓްނަސް ފެށިގެން ދިޔައީވެސް ހަމަ އެފަދަ ވިސްނުމަކަށް ކަމަށާއި އަމާޒަކީ ޒުވާނުން ބާރުވެރިކޮށް މިދާއިރާން ކުރި އެރޭނެ ފުރުސަތުތަކެއް ހުޅުވައި މި ދާއިރާގައި މަސައްކަތް ކުރާ ކުދިންނަކީ އެކަމަށް ގާބިލް ސަނަދެއް އޮތް ބަޔަކަށް ހެދުމާއެކު ދުޅަހެޔޮ ޖީލެއް ބިނާ ކުރުންކަމަށް ރިޔާޝް ބުންޏެވެ.

“އަހަރެމެންނަކީ މީގެ ކުރިން ވެސް ޒުވާނުންނަށް މިދާއިރާއިން ކުރިއެރޭނެ ފުރުސަތުތަކެއް މަގުފަހި ކޮށްދިނުމުގެ ގޮތުން މުޅިން އަލަށް ރާއްޖެއަށް ތަފާތު އެކި ފިޓްނަސް ކޯސްތަކެއް ތައާރަފް ކޮށް އެތައް ގާބިލް ޓްރެއިނާސް ތަކެއް ދާއިރާއަށް ޚިދުމަތް ކުރަން ނެރެދީފައިވާ ބައެއް. އެގޮތުން ބޭރުގެ މަގުބޫލް ފިޓްނަސް އިންސްޓިޓިއުޓް ތަކާއި ގުޅި ޕާރޓްނަރޝިޕް ހެދި ބޭއްވި ކޮންމެ ކޯހެއް ވެސް ވަނީ ރާއްޖޭގެ ރައްޔިތުންގެ ލޯތްބާއި ތަރުހީބު ލިބިފައި” ރިޔާޝް ކިޔައިދިނެވެ.

ލެގަސީ ފިޓްނަސްގެ އަމާޒަކީ ދިވެހިން ޝައުގުވެރިވާ މިފަދަ ކޯސްތަކެއް ކުރިއެކޭ އެއްފަދައިން ރާއްޖެއަށް ގެނެސް މިދާއިރާގެ ކުރިއެރުމަށް އާ މޫނުތަކެއް ފެނުމެވެ. އެގޮތުން އެ ސެންޓަރުން ފުރަތަމަ ފަށާ މި ކޯހުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން އިތުރު މައުލޫމާތު ހޯދުމަށް ނުވަތަ ރަޖިސްޓަރ ވުމަށް 7515118 ނުވަތަ 4001300 އަށް ގުޅާލުމުން މައުލޫމާތު ލިބޭނެ ކަމަށް ލެގަސީ ފިޓްނަސް އިން ބުނެއެވެ.