English Edition
Dhivehi Edition

އޭއޯ ރޯދައިގެ ބަދިގެ އަކީ ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހަށް ޚާއްޞަ ކޮށްގެން އޭއޯ ނިއުސް އިން ގެނެސްދޭ ޚާއްޞަ ކޮލަމެކެވެ. މި ގޮތުން މި އަހަރުވެސް ތަފާތު ގިނަ އެކިވައްތަރުގެ މީރު ކެއުމާއި ބުއިން ތައްޔާރު ކުރާނެ ގޮތް މި ކޮލަމްގެ އެހީގައި އޭއޯ އިން ކޮންމެ ދުވަހަކުވެސް ގެނެސްދޭނެއެވެ.

އެގޮތުން ރޯދަ މަހުގެ 28 ވަނަ ދުވަހަށް ޚާއްޞަ ކޮށްގެން ރެސިޕީއެއްގެ ގޮތުގައި މި ގެނެސްދެނީ މޯކާ މިލްކްޝޭކް ތައްޔާރު ކުރާނެ ގޮތެވެ.

ބޭނުންވާތަކެތި: 4ތަށްޓަށް

85ގ ޕްލެއިން ޗޮކްލެޓް

1 މޭޒުމަތީ ސަމުސާ ކޮފީ

700މލ ކިރު

4 ސްކޫޕް ވެނީލާ އައިސްކްރީމް

ތައްޔާރުކުރާނެގޮތް:

75ގ ޗޮކްލެޓް ކުދިކޮށް ކޮށާފައި ޖަގަކަށް އަޅާފައި, ކޮފީ ވެސް އަޅާލާށެވެ. 300މލ ކިރު ހޫނުކޮށްފައި މި ޖަގުތެރެއަށް އަޅާލާށެވެ. ކޮފީ އާއި ޗޮކްލެޓް ވިރެންދެން ގިރާލާށެވެ.

ތައްޔާރު ކުރި މޮކާ މިލްކް ބްލެންޑަރަށް އަޅާފައި އައިސްކްރީމް އަދި ބާކީ ކިރު އަޅާފައި ބްލެންޑް ކޮށްލާށެވެ. ދެން ބިއްލޫރި ތަށިނަގާފައި އެޅުމަށްފަހު މައްޗަށް އައިސްކްރީމް ސްކޫޕެއް އެޅުމަށްފަހު ޗޮކްލެޓުން ގާނިޝް ކުރުމަށްފަހު ސާރވް ކުރާށެވެ.