English Edition
Dhivehi Edition
ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

ގއ. ކޮނޑޭ ސްކޫލުގައި 4 ކްލާސް ރޫމު އެޅުމަށް 4 މިލިއަން ރުފިޔާއަށް ބަޔަކާ ހަވާލުކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މި މަސައްކަތް ހަވާލުކޮށްފައިވަނީ ވޯލްސީ ޕްރައިވެޓް ލިމިޓެޑާއެވެ.

މިކަމުގެ އެއްބަސްވުމުގައި އެޑިޔުކޭޝަންގެ ފަރާތުން ސޮއިކުރެއްވީ ސީނިއަރ ޕޮލިސީ ޑިރެކްޓަރ ނައުޝާދު އިބްރާހީމްއެވެ. ވޯލްސީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަފާފް ސައީދުއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވަނީ މި މަޝްރޫޢަށް 4.78 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށެވެ.

މި މަސައްކަތް ވޯލްސީ ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކޮށްފައިވަނީ 180 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.

އެ ސްކޫލުގައި އަލަށް އިމާރާތްކުރާ 4 ކްލާސްރޫމު އިމާރާތަކީ 2022 ވަނަ އަހަރު ޕީ.އެސް.އައި.ޕީ ބަޖެޓުން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ދަރިވަރުންނަށް ބޭނުންވާ ވަޞީލަތްތައް ޤާއިމުކޮށް ތަޢުލީމު ފޯރުކޮށްދިނުމުގެ ޒަމާނީ ވަޞީލަތްތައް ޤާއިމުކުރުމުގެ މަސައްކަތް އެޑިއުކޭޝަން މިނިސްޓްރީން ކުރަމުންއަންނައިރު، މިހާރުވެސް އަލަށް ސްކޫލްތައް އެޅުމުގެ މަސައްކަތް ވެސް ދަނީ ކުރިއަށެވެ. އަދި ބައެއް ސްކޫލްތަކަށް ބޭނުންވާ ޢިމާރާތްތައް ތަރައްޤީކުރުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.