English Edition
Dhivehi Edition

ސުކޫލު ދަރިވަރުންގެ ދަބަސް ބަރުވާ މައްސަލަ ހައްލުކުރުމަށް މޮނިޓަރު ފޮތުގެ ބަދަލުގައި ދެން ދޫކުރާނީ ބޭރުގަނޑު ތުނި ފޮތްކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ބުނެފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު އިހްސާން ވިދާޅުވީ މިގޮތަށް ނިންމީ ދަރިވަރުންގެ ފޮތް ދަބަސް ލުއިކުރުމަށް ކަމަށެވެ. ބަރު ފޮތްދަބަސް އުފުލައިގެން ބުރަކަށީގައި ރިއްސާ މައްސަލަ އިތުރުވެ، މިކަމަށް ފަރުވާ ހޯދުމަށް ޑޮކްޓަރަށް ދައްކާ ކުދިންގެ އަދަދު ގިނަވެފައިވާއިރު މިއަހަރު ދަރިވަރުންނަށް ދޫކުރި ފޮތް ލިސްޓުގައިވެސް ހިމަނާފައިވަނީ ތުނި ކަވަރުލީ ފޮތެވެ. އަދި މިހާރު ފޮތް ވިއްކާ ފިހާރަތަކުންވެސް މި ފޮތްތައް ލިބެން ހުރިއިރު، މި ފޮތްތަކުގެ ބޭރުގައި ސެލޯފިން ކަވަރެއްލައްވާފައި ހުރެއެވެ.

ފޮތް ދަބަސް ބަރުވުމުގެ ޝަކުވާ އަކީ އަބަދުވެސް ބެލެނިވެރިން ކުރަމުން އަންނަ ޝަކުވާއެކެވެ. ޓެބްލެޓް ބޭނުންކުރަން ފެށުމުން ދަބަސް ލުއިވާނެ ކަމަށް ގިނަ ބެލެނެވެރިން ގަބޫލުކުރި ނަމަވެސް މި މައްސަލައަށް ހައްލެއް ލިބިފައެއް ނުވެވެ.

ދިރާސާތަކުން ދައްކާ ގޮތުް ބަރު އެއްޗެއް އުފުލަން ވާނީ އެ މީހެއްގެ ނުވަތަ ކުއްޖެއްގެ ބަރުދަނުގެ 10 ޕަސެންޓަށް ވާވަރުގެ އެއްޗެކެވެ.