English Edition
Dhivehi Edition

އޭއޯ ރޯދައިގެ ބަދިގެ އަކީ ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހަށް ޚާއްޞަ ކޮށްގެން އޭއޯ ނިއުސް އިން ގެނެސްދޭ ޚާއްޞަ ކޮލަމެކެވެ. މި ގޮތުން މި އަހަރުވެސް ތަފާތު ގިނަ އެކިވައްތަރުގެ މީރު ކެއުމާއި ބުއިން ތައްޔާރު ކުރާނެ ގޮތް މި ކޮލަމްގެ އެހީގައި އޭއޯ އިން ކޮންމެ ދުވަހަކުވެސް ގެނެސްދޭނެއެވެ.

އެގޮތުން ރޯދަ މަހުގެ 27 ވަނަ ދުވަހަށް ޚާއްޞަ ކޮށްގެން ކުޅި ރެސިޕީއެއްގެ ގޮތުގައި މި ގެނެސްދެނީ ބްރެޑް ޕިއްޒާ ތައްޔާރު ކުރާނެ ގޮތެވެ.

ބޭނުންވާ ތަކެތި
1 ޕާން
2 ޖޯޑު ޓޫނާ
1 ފިޔާ ވަރަށް ހިމުން ކޮށް ކޮށާފައި
1/3 ސައި ސަމުސާ މުގުރި އަސޭ މިރުސް
2 ޖޯޑު ގާނާފައި ހުރި މޮޒޮރެއްލާ ޗީޒް
2 ޓޮމާޓޯ ފޮތި ކޮށް ފައި
1 ލޮނުމެދު ގާނާފައި
2 ސައި ސަމުސާ ޗިކަން ކިއުބް
2 ކެޕްސިކަމް ކަރުނަގާ ހިމުންކޮށް ކޮށާފައި
1/2 ޖޯޑު ޕީލްޑް ޓޮމާޓޯ
1 ސައި ސަމުސާ ގިތެޔޮމިރުސް ހިމުންކޮށް ކޮށާފައި ހުރި
ލޮނުކޮޅެއް
ބަޓަރ ކޮޅެއެް
1/2 ޖޯޑު ޒުވާރި ނޮޅާފައި ހުރި
4 މޭޒުމަތީ ސަމުސާޓޮމާޓޯ ސޯސް
1 މޭޒުމަތީ ސަމުސާ ޓޮމާޓޯ ޕޭސްޓް
ތެޔޮފޮދެއް
ތައްޔާރު ކުރާނެ ގޮތް
ޕާން ފޮތި ތަކުގައި ތުނިކޮށް ބަޓަރ ކޮޅެއް ހާކާފައި ބަހައްޓާށެވެ.
ތަވާ އުނދުން މައްޗަށް އުދާލާށެވެ.
ހޫނު ވީމާ ތެޔޮފޮދެއް އަޅާލާށެވެ. ތެެޔޮފޮދު ހޫނުވީމާ
ފިޔާ ، މިރުސް އެއްކޮށް އަޅާލާށެވެ.
ފިޔާކޮޅު މޯޅި ވަންދެން ދޭފަތުން ހަލަމުންދާށެވެ.
މަސް ސޯސް ޕޭސްޓް ލޮނު، ކިއުބް ،އަސޭމިރުސް އެއްކޮށް އަޅާފައި ހަނާކޮށްފައި އުނދުން މަތިން ބާލާށެވެ.
ކޮންމެ ޕާން ފޮއްޗަކަށް މަސް ކޮޅެއް އަޅާފައި ޓޮމާޓޯ ފޮތި ދެފަޅިކޮށްފައި ދެ ޓޮމާޓޯ ކޮޅު ބާއްވާށެވެ.
ޒުވާރި އޮށްކޮޅެއްވެސް ކޮންމެ ޕާން ފޮއްޗަކަށް އަޅާލާށެވެ.
ބެލް ޕެޕަރ ހަނި ކޮށް ކޮށާފައި 2 އެތިކޮޅުވަރު ބާއްވާފައި ޗީޒް ކޮޅެއް ބުރުވާފައި ޗީޒްކޮޅު ދިޔާވަންދެން އަވަންގައި ފިހެލާށެވެ.
ތަވާ ގައި އަތުރާފައި މަތި ޖަހައިގެން ވެސް ފިހެވޭނެ