English Edition
Dhivehi Edition

އޭއޯ ރޯދައިގެ ބަދިގެ އަކީ ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހަށް ޚާއްޞަ ކޮށްގެން އޭއޯ ނިއުސް އިން ގެނެސްދޭ ޚާއްޞަ ކޮލަމެކެވެ. މި ގޮތުން މި އަހަރުވެސް ތަފާތު ގިނަ އެކިވައްތަރުގެ މީރު ކެއުމާއި ބުއިން ތައްޔާރު ކުރާނެ ގޮތް މި ކޮލަމްގެ އެހީގައި އޭއޯ އިން ކޮންމެ ދުވަހަކުވެސް ގެނެސްދޭނެއެވެ.

އެގޮތުން ރޯދަ މަހުގެ 27 ވަނަ ދުވަހަށް ޚާއްޞަ ކޮށްގެން ރެސިޕީއެއްގެ ގޮތުގައި މި ގެނެސްދެނީ ރެޑްވެލްވެޓް ޗީޒްކޭކް މިލްކްޝޭކް ތައްޔާރު ކުރާނެ ގޮތެވެ.

ބޭނުންވާތަކެތި: 1 ތަށްޓަށް

1 ޖޯޑު ރެޑްވެލްވެޓް ކޭކް (އަދި ފުނޑު ކޮށްފައި ހުރި ކޭކް , ތަށި ގާނިޝް ކުރުމަށް)

3 ސްކޫޕް ވެނީލާ އައިސްކްރީމް

1/2 ޖޯޑު ކިރު

2 މޭޒުމަތީސަމުސާ ކްރީމް ޗީޒް

ވިޕިންގ ކްރީމް

ތައްޔާރުކުރާނެގޮތް:

ބިއްލޫރި ތަށި ފެނުން ތެންމާލާށެވެ. ދެން ފުނޑުކޮށްފައި ހުރި ރެޑްވެލްވެޓް ކޭކް ތަށީގައި ހޭކުމަށްފަހު ތަށި ފްރިޖްގައި ބަހައްޓާށެވެ.

ބްލެންޑަރ ނަގާފައި އައިސްކްރީމް, ރެޑްވެލްވެޓް ކޭކް, ކިރު އަދި ކްރީމް ޗީޒް އަޅާފައި ރަނގަޅަށް ބްލެންޑް ކޮށްލާށެވެ. ތަށި ފްރިޖުން ނަގާފައި ތައްޔާރު ކުރި މިލްކްޝޭކް އެޅުމަށްފަހު މައްޗަށް ވިޕިންގ ކްރީމް އަޅާފައި ރެޑްވެލްވެޓް ކޭކް ކްރަމްބްލްސް އަޅާފައި ސާރވް ކުރާށެވެ.