އޭއޯ ރޯދައިގެ ބަދިގެ އަކީ ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހަށް ޚާއްޞަ ކޮށްގެން އޭއޯ ނިއުސް އިން ގެނެސްދޭ ޚާއްޞަ ކޮލަމެކެވެ. އެގޮތުން ރޯދަ މަހުގެ 26 ވަނަ ދުވަހަށް ޚާއްޞަ ކޮށްގެން ރެސިޕީއެއްގެ ގޮތުގައި މި ގެނެސްދެނީ މީރު ފޮނި ކާއެއްޗެއް ކަމަށްވާ ރޯޒް ޑެޒަރޓް ތައްޔާރު ކުރާނެ ގޮތެވެ.
200 ގ. ކޯންފްލަރ
1500 އެމް .އެލް ދިޔާކިރު
350 ގ. ހަކުރު
1 ޖޯޑު ކްރީމް
1/2 ޖޯޑު ގެރިކިރު
ކުލަހިފާ ވަރަށް ރޯސްސިރަޕް
ކިރާއި ހަކުރު އެއްކޮށް ތެއްޔަކަށް އަޅާފައިއުނދުން މައްޗަށް އުދާލާށެވެ.
ހަކުރު ވިރެންދެން މަޑުގިނީގައި ދޭފަތުން ހަލަމުން ކައްކާށެވެ.
ކޯންފްލަރ ކޮޅު ވަރަށް އޮލަކޮށް ކުޑަފެންފޮދެއްގައި ރަނގަޅަށް ގިރާފައި
މަދުމަދުން އަޅަމުންދޭފަތުން އަވަސް އަވަހަށް ހަލަމުން އެއްކޮލާށެވެ.
ކުލާހިފާވަރަށް ރޯސްސިރަޕް އެއްކޮށްލާށެވެ .
ރޯފިލުމުން ގެރިކިރާއި ނެސްލޭ ކްރީމް އެއްކޮށްފައި އުނދުންމަތިން ބާލާށެވެ.
މި ޑެޒަރޓް ވެސް ތަފާތު ގޮތްގޮތަށް ތައްޔާރު ކުރެއެވެ.