English Edition
Dhivehi Edition

އޭއޯ ރޯދައިގެ ބަދިގެ އަކީ ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހަށް ޚާއްޞަ ކޮށްގެން އޭއޯ ނިއުސް އިން ގެނެސްދޭ ޚާއްޞަ ކޮލަމެކެވެ. މި ގޮތުން މި އަހަރުވެސް ތަފާތު ގިނަ އެކިވައްތަރުގެ މީރު ކެއުމާއި ބުއިން ތައްޔާރު ކުރާނެ ގޮތް މި ކޮލަމްގެ އެހީގައި އޭއޯ އިން ކޮންމެ ދުވަހަކުވެސް ގެނެސްދޭނެއެވެ.

އެގޮތުން ރޯދަ މަހުގެ 26 ވަނަ ދުވަހަށް ޚާއްޞަ ކޮށްގެން ރެސިޕީއެއްގެ ގޮތުގައި މި ގެނެސްދެނީ ކުކީ ވެނީލާ މޮންސްޓަރ ޝޭކް ތައްޔާރު ކުރާނެ ގޮތެވެ.

ތައްޔާރުކުރާނެގޮތް: 2 ތަށްޓަށް

1 ވެނީލާ ފްރޮސްޓިންގ ދަޅު

2 ޖޯޑު ކުކީސް ކުދިކޮށް ކޮށާފައި

2 ޗޮކްލެޓް ކުކީސް

4 ކޭންޑީ އައި

6 ސްކޫޕް ވެނީލާ އައިސްކްރީމް

3/4 ކިރު

1 މޭޒުމަތީ ސަމުސާ ވެނީލާ އެސެންސް

ވިޕިންގ ކްރީމް (ގާނިޝް ކުރުމަށް)

ނޫކުލަ ކޮޅެއް

ތައްޔާރުކުރާނެގޮތް:

ވެނީލާ ފްރޮސްޓިންގައި ނޫކުލައިގެ ކުލަ ކޮޅެއް އެއްކުރާށެވެ. ބިއްލޫރި ތަށި ނަގާފައި ތަށީގެ ބޭރުގައި ނޫކުލައިގެ ވެނީލާ ފްރޮސްޓިންގ ލައިނެއް ވަށައިގެން އަޅާލާށެވެ. ދެން ކޮށާފައި ހުރި ކުކީސް މި ލައިންގައި ތަތް ކުރާށެވެ. 2 ކުކީސް ނަގާފައި އޭގައި ޕްރޮސްޓިންގ ހޭކުމަށްފަހު ލޯ ތަތްކުރާށެވެ.

ބްލެންޑަރަށް 6 ސްކޫޕް ވެނީލާ އައިސްކްރީމް, ކިރު އަދި ވެނީލާ އެސެންސް އާއި ނޫކުލަ އެއް ކޮށްފައި އޮލަވަންދެން ބްލެންޑް ކުރާށެވެ. ތައްޔާރު ކޮށްފައި ހުރި ބިއްލޫރި ތަށްޓަށް ޝޭކް އެޅުމަށްފަހު މައްޗަށް ވިޕިންގ ކްރީމް އަޅާފައި ތައްޔާރު ކުރި މޮންސްޓާ ކުކީ ހަރުކޮށްފައި ސާރވް ކުރާށެވެ.