English Edition
Dhivehi Edition

އޭއޯ ރޯދައިގެ ބަދިގެ އަކީ ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހަށް ޚާއްޞަ ކޮށްގެން އޭއޯ ނިއުސް އިން ގެނެސްދޭ ޚާއްޞަ ކޮލަމެކެވެ. މި ގޮތުން މި އަހަރުވެސް ތަފާތު ގިނަ އެކިވައްތަރުގެ މީރު ކެއުމާއި ބުއިން ތައްޔާރު ކުރާނެ ގޮތް މި ކޮލަމްގެ އެހީގައި އޭއޯ އިން ކޮންމެ ދުވަހަކުވެސް ގެނެސްދޭނެއެވެ.

އެގޮތުން ރޯދަ މަހުގެ 24 ވަނަ ދުވަހަށް ޚާއްޞަ ކޮށްގެން ރެސިޕީއެއްގެ ގޮތުގައި މި ގެނެސްދެނީ އެވޮކާޑޯ ސްމޫތީ ތައްޔާރު ކުރާނެ ގޮތެވެ.

ތައްޔާރުކުރާނެގޮތް: 2 ތަށްޓަށް

1 އެވޮކާޑޯ

1/2 ޖޯޑު ގެރިކިރު

2 ޖޯޑު ފެން

ތައްޔާރުކުރާނެގޮތް:

ބްލެންޑަރަށް އެވޮކާޑޯ, ގެރިކިރު އަދި ފެން އަޅާފައި ސްމޫތް ކޮށް ބްލެންޑް ކޮށްލާށެވެ. ބިއްލޫރި ތަށްޓަށް އައިސްކިއުބް އަޅާފައި އެވަކާޑޯ ސްމޫތީ އަޅާފައި ސާރވް ކުރާށެވެ.