English Edition
Dhivehi Edition

އެމްއެންޕީގެ ހަރަކާތްތައް އިތުރުކުރުމަށް ކ. މާފުށީގައި އެމްއެންޕީގެ ޖަގަހައެއް ހުޅުވައިފި އެވެ.

ޖަގަހަ ހުޅުވުމަށް ރޭ އެރަށުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެމްއެންޕީގެ ރައީސް މުޙައްމަދު ނާޒިމެވެ.

މިރަސްމިއްޔާތުގައި ޕާޓީގެ ރައީސް މުޙައްމަދު ނާޒީމް ވަނީ ވާހަކަފުޅު ދައްކަވާފަ އެވެ.

މާފުށިން ގިނައަދަދެއްގެ ޒުވާނުން ދަނީ ޕާޓީއަށް ގުޅި، ރައްޔިތުންގެ މަޖިލީހުގެ ގުރައިދު ދާއިރާއަށް ކުރިމަތިލި އެމްއެންޕީގެ ކެޑިޑޭޓް އަލީ އަރީފު ކެންޑިޑޭޓް ނަމްބަރު 3 އަށް ތާއީދު ހޯދުމަށް ގިނަ ހަރަކާތްތަކެއްވެސް އިންތިޒާމު ކުރަމުންނެވެ.

2023 ގެ ރިޔާސީ އިންތިޚާބަށް އެމްއެންޕީގެ ރިޔާސި ކެނޑިޑޭޓް، ޕާޓީގެ ރައީސް މުޙައްމަދު ނާޒިމްގެ ކެންޕެއިން ހަރަކާތްތައްވެސް މިރޭ ކ.މާފުށިގައި ހުޅުވި ޖަގަހައިގައި ކުރިއަށް ގެންދާގޮތަށްވެސް ވަނީ ހަމަޖެހިފަ އެވެ.

ރޭގެ ރަސްމިއްޔާތުގައި އެމްއެންޕީގެ ލިޑަރޝިޕްގެ ބޭފުޅުންނާއި ޕާޓިގެ އާންމު މެންބަރުންނާއި ޕާޓީއަށް ހެޔޮއެދިލައްވާ ގިނަ އަދަދެއްގެ އާންމުފަރާތްތަކުން ބައިވެރިވެފައިވެއެވެ.