އޭއޯ ރޯދައިގެ ބަދިގެ އަކީ ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހަށް ޚާއްޞަ ކޮށްގެން އޭއޯ ނިއުސް އިން ގެނެސްދޭ ޚާއްޞަ ކޮލަމެކެވެ. މި ގޮތުން ރޯދަ މަހުގެ 23 ވަނަ ދުވަހަށް ޚާއްޞަ ކޮށްގެން ރެސިޕީއެއްގެ ގޮތުގައި މި ގެނެސްދެނީ ކެރެމަލް ބަނާނާ ކޭކް ތައްޔާރުކުރާނެ ގޮތެވެ.
300 ފުށް
3 ވައްދޮންކެޔޮ ކުދިކޮށް ކޮށާފައި
200 ގ .ހަކުރު
2 ސައި ސަމުސާ ބޭކިންގ ޕައުޑަރ
2 ސައި ސަމުސާ ވެނީލާ އެސެންސް
3 މޭޒުމަތީ ސަމުސާ ހިކިކިރު
6 ބިސް
250 ބަޓަރ
1/2 ޖޯޑު ހަކުރު ކެރެމަލް ކުރަން
ފުށް ، ހިކިކިރު، އަދި ބޭކިންގ ޕައުޑަރ އެއްކޮށްފައި ފުރާނާލާފައި ބަހައްޓާށެވެ.
ހަކުރާއި ބަޓަރ އެއްކޮށް ގިރާފައި ފަހަރަކު ބިހަކާއިފުރޭނިބައިން ފުށްކޮޮޅެއް އަޅަމުން ރަނގަޅަށް ގިރާލާށެވެ. އެސެންސް އެއްކޮށް ލާށެވެ.
ހަކުރު ކޮޅެއްތަވަޔަކަށް އަޅާފައި އުނދުން މައްޗަށް އުދާލާށެވެ.
ހިތިރަހަ ނުދޭވަރަށް ބްރައުންވީމާ ދޮންކެޔޮ ކޮޅު އަޅާފައި މަޑު ގިނީގައި ބަހައްޓައިގެން ދޭފަތުން ހަލަމުން ކެރެމަލް ކޮށްލާށެވެ.
އެބައި ގިރާފައި ހުރި ފުށްގަނޑާއި އެއްކޮށްލާށެވެ.
ޓްރޭ ތައްޔާރު ކޮށްފައި ފުށްގަނޑު އަޅާލާށެވެ . އަޅާފައި އަވަނުން ފިހެލާށެ ވެ.
މި ކޭކްވެސް ވަރަށް ގިނަ ގޮތް ގޮތަށް ތައްޔާރު ކުރެއެވެ.