English Edition
Dhivehi Edition

އޭއޯ ރޯދައިގެ ބަދިގެ އަކީ ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހަށް ޚާއްޞަ ކޮށްގެން އޭއޯ ނިއުސް އިން ގެނެސްދޭ ޚާއްޞަ ކޮލަމެކެވެ. މި އެގޮތުން ރޯދަ މަހުގެ 22 ވަނަ ދުވަހަށް ޚާއްޞަ ކޮށްގެން މިއަދު މިގެނެސްދޭ ރެސިޕީއަކީ މާރީ ޗޮކްލެޓް ފަޖް ތައްޔާރުކުރާނެ ގޮތުގެ ރެސިޕީއެވެ.

ބޭނުންވާ ތަކެތި
400 ގ. ބަޓަރ
1250 ގ. ޗޮކޮލެޓް
500 ގ. މާރީ ބިސްކޯދު ބޮޑެތިކޮށް ފުނޑކޮށްފައި
އައިސިންގ ޝުގަރ ކޮޅެއް މައްޗަށް ބުރުވާލުމަށް
ތައްޔާރު ކުރާނެ ގޮތް
ތަވާއުދާލާށެވެ.
ހޫނުވީމާ ބަޓަރާއި ޗޮކްލެޓް އެއްކޮށް އަޅާފައި ދިޔާކޮށްލާށެވެ .
ބިސްކޯދު އޭގެތެރެއަށް އަޅާފައި އެއްކޮށްލާށެވެ.
ޓްރޭގައި އޮއިިލް ޕޭޕަރ އަޅާލާފައި އޮއްސާލާށެވެ .
މަތި އޮމާންކޮށްފައި ބަހައްޓާށެވެ .
ހިހޫވީމާ ފްރިޖަށް ލާށެވެ.
ސާރވް ކުރަންވީމާ ކުޑަ އައިސިންގ ކޮޅެއް މައްޗަށް ބުރުވާލާށެވެ.