English Edition
Dhivehi Edition

އޭއޯ ރޯދައިގެ ބަދިގެ އަކީ ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހަށް ޚާއްޞަ ކޮށްގެން އޭއޯ ނިއުސް އިން ގެނެސްދޭ ޚާއްޞަ ކޮލަމެކެވެ. މި ގޮތުން ރޯދަ މަހުގެ 21 ވަނަ ދުވަހަށް ޚާއްޞަ ކޮށްގެން ގެނެސްދޭ މި ރެސިޕީއަކީ މީރު ބުއިމެއް ކަމަށްވާ ސާގުގެ ސްޓޯބެރީ ސާގޯ ޑްރިންކް ތައްޔާރުކުރާނެ ގޮތެވެ.

ބޭނުންވާ ތަކެތި
1 ތަށި ދިޔާ ކިރު
1 މޭޒުމަތީ ސަމުސާ ބައި ހަކުރު
5 މޭޒުމަތީސަމުސާ ކައްކާ އޮލަފިލުވާފައިހުރި ސާގު
1 މޭޒުމަތީ ސަމުސާ ސްޓޯބެރީ މިލްކްޝޭކް ޕައުޑަރ
ތައްޔާރު ކުރާނެ ގޮތް
ކިރާއި ހަކުރު އަދި ސްޓޯބެރީ ޕައުޑަރ އެއްކޮށް މިކްސަރ ގައި ރަނގަޅަށް ގިރާލާށެވެ.
ބިއްލޫރިތަށްޓަށް އަޅާފައި ސާގު އެއްކޮށްފައި ސާރވް ކުރާށެވެ.