English Edition
Dhivehi Edition

އޭއޯ ރޯދައިގެ ބަދިގެ އަކީ ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހަށް ޚާއްޞަ ކޮށްގެން އޭއޯ ނިއުސް އިން ގެނެސްދޭ ޚާއްޞަ ކޮލަމެކެވެ. މި ގޮތުން މި އަހަރުވެސް ތަފާތު ގިނަ އެކިވައްތަރުގެ މީރު ކެއުމާއި ބުއިން ތައްޔާރު ކުރާނެ ގޮތް މި ކޮލަމްގެ އެހީގައި އޭއޯ އިން ކޮންމެ ދުވަހަކުވެސް ގެނެސްދޭނެއެވެ.

އެގޮތުން ރޯދަ މަހުގެ 21 ވަނަ ދުވަހަށް ޚާއްޞަ ކޮށްގެން ރެސިޕީއެއްގެ ގޮތުގައި މި ގެނެސްދެނީ ޕައިނެޕަލް ސަންރައިސް ތައްޔާރު ކުރާނެ ގޮތެވެ.

ބޭނުންވާތަކެތި: 1 ތަށްޓަށް

120އެމްއެލް ޕައިނެޕަލް ޖޫސް

60 އެމްއެލް ސަންއަޕް ނޫނީ ސްޕްރައިޓް

1 މޭޒުމަތީ ސަމުސާ އަންނާރު ޖޫސް

ޗެރީ (ގާނިޝް ކުރުމަށް)

ތައްޔާރުކުރާނެގޮތް:

ޕައިނެޕަލް ޖޫހާއި ސަންއަޕް ތަށްތަކަށް އަޅާފައި ރަނގަޅަށް އެއްކޮށްލާށެވެ. ދެން މީގެ ތެރެއަށް އައިސްކިއުބް އެޅުމަށްފަހު އަންނާރު ޖޫސް އަޅާފައި ޗެރީ އިން ގާނިޝް ކުރުމަށްފަހު ސާރވް ކުރާށެވެ.