English Edition
Dhivehi Edition

ސަދަން ކޮމިޔުނިޓީ އެމްޕަވަރމެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ސްކީމް) އާއި ޑރ.ފާތިމަތު މުފްލިހާއާއި ގުޅިގެން މިއަހަރުގެ ސިއްޙަތު ދުވަހަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދާ “މަގޭ ސިއްހަތު” ވެބިނަރ ގެ 3 ވަނަ ސީރީސް ތައިރޮއިޑް ބައްޔާއި ބެހޭގޮތުން މައުލޫމާތު ދޭ ގޮތަށް ހަމަ ޖައްސައި ސެޝަންގައި ބައިވެރިވުމަށް ރެޖިސްޓްރޭޝަނަށް ހުޅުވާލައިފިއެވެ.

އާންމުކޮށް ހުޅުވާލައިގެން މުޅިން ހިލޭ، އޮންލައިންކޮށް ކުރިއަށް ގެންދާ މި ސީރީސްގެ މި ހަފްތާގެ މައުޟޫއަކީ “ތައިރޮއިޑްގެ މައްސަލަތައް ދެނެގަންނަމާ!” މި މައުޟޫ އެވެ.

މި ސެޝަން ކުރިއަށް ދާނީ 12 އެޕްރީލް ވާ ބުދަދުވަހުގެ ރޭ 10:00 އިން 11:00 އަށް ޒޫމް މެދުވެރިކޮށެވެ. މި ސެޝަނުގައި ތައިރޮއިޑް ބަލި ދެނެގަންނާނެ ގޮތާއި ތައިރޮއިޑްބަލީގެ މީހުންނަށް ދިމާވާ ތަފާތު މައްސަލަތަކާއި ދުޅަހެޔޮ ސިއްޙަތަކަށް ބަލިން ރައްކާތެރިވުމަށްޓަކައި ދިރިއުޅުން ބައްޓަން ކުރާނެ ގޮތްތައް ފަދަ މުހިއްމު މައުލޫމާތު ތައް ކިޔައިދެވޭނެއެވެ.

ސެޝަންގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން މަތީގައިވާ ޕޯސްޓާރގައިވާ ކިއު.އާރު ކޯޑު މެދުވެރިކޮށް ނުވަތަ ތިރީގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓަރ ކޮށްލެވޭނެއެވެ.

“Magey Sihhathu” Webinar Series_Registration Form (google.com)
މި ވެބިނަރ ސީރީސްއަކީ ޑރ.ފާތިމަތު މުފްލިހާއާއި ގުޅިގެން ސިއްޙީގޮތުން މީހުން ހޭލުންތެރިކުރުމުގެ މަޤުސަދުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ސީރީސްއެކެވެ. މި ސީރީސްގެ ފުރަތަމަ ސެޝަން ކުރިއަށް ގެންގޮސްފައިވަނީ “ބަލި ދެނެގަންނާނީ އަދި ރައްކާތެރިވާނީ ކިހިނެއް؟ އުރަމަތީގެ ކެންސަރަށް ނަޒަރެއް!” މި މައުޟޫއަށެވެ. އަދި ދެވަނަ ސީރީސް ކުރިއަށް ގެންދިޔައީ “މާބަނޑު ދުވަސްވަރު އަހަންމިއްޔަތު ދޭންވީ ކަންކަން. ޚާއްޞަ ނަޒަރެއް ހަދަން ޖެހޭ ސްކޭންތަކަށް” މި މައުޟޫ އަށެވެ.
ޑރ. ފާތިމަތު މުފްލިޙާއަކީ އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލްގެ ކޮންސަލްޓެންޓްއިން ރޭޑިޔޮލޮޖީގެ މަގާމު ފުރުއްވަވަމުން އަންނަ ޑޮކްޓަރެކެވެ.