English Edition
Dhivehi Edition

އޭއޯ ރޯދައިގެ ބަދިގެ އަކީ ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހަށް ޚާއްޞަ ކޮށްގެން އޭއޯ ނިއުސް އިން ގެނެސްދޭ ޚާއްޞަ ކޮލަމެކެވެ. މި ގޮތުން މި އަހަރުވެސް ތަފާތު ގިނަ އެކިވައްތަރުގެ މީރު ކެއުމާއި ބުއިން ތައްޔާރު ކުރާނެ ގޮތް މި ކޮލަމްގެ އެހީގައި އޭއޯ އިން ކޮންމެ ދުވަހަކުވެސް ގެނެސްދޭނެއެވެ.

އެގޮތުން ރޯދަ މަހުގެ 20 ވަނަ ދުވަހަށް ޚާއްޞަ ކޮށްގެން ރެސިޕީއެއްގެ ގޮތުގައި މި ގެނެސްދެނީ އޯޝަން ވޯޓަރ ތައްޔާރު ކުރާނެ ގޮތެވެ.

ބޭނުންވާތަކެތި: 1 ތަށްޓަށް

80 އެމްއެލް ބްލޫބެރީ ކޯޑިއަލް

60 އެމްއެލް ސަން އަޕް ނުވަތަ ސްޕްރައިޓް

2 ސަމުސާ ލުނބޯ ޖޫސް

1 ސަމުސާ އަލަނާސި ޖޫސް

1 ފޮތި ލުނބޯ

1 ގަމީ ފިޝް (ގާނިޝް ކުރުމަށް)

އައިސްކިއުބް

ތައްޔާރުކުރާނެގޮތް:

ބްލޫބެރީ ކޯޑިއަލް، ޕައިނެޕަލް ޖޫސް، ލުނބޯ ޖޫސް އަދި ސަންއަޕް ތަށްޓަކަށް އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. ދެން އައިސް ކިއުބް އެޅުމަށްފަހު ގާނިޝް ކުރުމަށް ގަމީ ފިޝް ޖޫހުގެ ތެރެއަށް އަޅާފައި ތަށީގެ އަރިމަތީގައި ލުނބޯ ފޮތި ހަރު ކުރުމަށް ފަހު ސާރވް ކުރާށެވެ.