English Edition
Dhivehi Edition

ސައުދީ އަރަބިއާގެ އަވަށެއް ކަމުގައިވާ އަލް އަހްސާގައި ހުންނަ ސްކޫލެއްގެ ކްލާސްރޫމެއްގެ އެތެރޭގައި ކިޔަވާ ކުއްޖަކު ބަހައްޓާފަ ތަޅުލި މައްސަލައެއްގައި އެ ސްކޫލުގެ ޑިރެކްޓަރ އަދި ޑިޕުޓީ ޑިރެކްޓަރ މަޤާމުން ވަކިކޮށްފިއެވެ.

ސައުދީގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ސްކޫލުގެ ކިޔަވާ ގަޑި ނިމި އެތައް އިރެއްވިއިރުވެސް އެ ކުއްޖާ ހުރީ ކުލާސްރޫމުގެ ތެރޭގައި ތަޅުލެވި ބަންދުވެފައެވެ. އެކަން ސްކޫލުގެ އެއްވެސް ދަރިވަރަކަށް ވެސް އަދި ޓީޗަރެއްގެ އިތުރު ސްކޫލުގެ މުވައްޒަފަކަށްވެސް އެކަން އެނގިފައެއް ނުވެއެވެ.

ކުއްޖާ ކުލާސް ރޫމުގެ ތެރޭގައި ތަޅުލެވި ގިނައިރުތަކެއް ވީފަހުން އެ ކުއްޖާ ބާރަށް ރޯއަޑު އިވި އެތަނަށް އެކަން ވވީގޮތެއް ބަލާލަން ކައިރިވީ އެ ސްކޫލު ހުރިމަގުން ހިގާފައި ދިޔަ މުސްކުޅި އުމުރުފުރައިގެން ފިރިހެނެކަށެވެ. އޭނާ އެ ސްކޫލުގެ ގޭޓުގެ ކައިރިއަށް ދިޔައީ ކުއްޖަކު ވަރަށް ބާރަށް ރޯއަޑު އިވޭތީކަމަށް އޭނާ ވަނީ ބުނެފައެވެ. އަދި އެވަގުތު އެ ކުއްޖާ ސަލާމަތް ކޮސްދިނުމަށް އެދި ބާރަށް ރޯއަޑު އިވޭކަމަށް ވެއެވެ.

ދެން އެ ފިރިހެން މީހާ ވަނީ އެ ކުއްޖާ ހިމެނޭހެން އެ މަންޒަރު ވީޑިއޯ ކުރުމަށް ފަހު ސޯޝަލް މީޑީއާއަށް އެ ވޭޑިއޯ ދޫކޮށްލާފައެވެ. އޭނާ މިކަން ކުރީ ގިނަ ބަޔަކަށް މިކަން އެންގުމުގެ ގޮތުންނެވެ. އިސާހިތަކު އެ ވީޑިއޯ ވަރަށް ބޮޑަށް ވައިރަލްވެ ސްކޫލުގެ މެނޭޖްމަންޓުގެ އިސޒްވެރިންގެ ސަމާލުކަމަށް މިކަން އައެވެ.

މި މައްސަލަ ކަމާއިބެހޭ ފަރާތުގެ ސަމާލުކަމަށް އައިއިރު، އަލް އަހްސާ ގެ ޑިރެކްޓަރ ޖެނެރަލް އޮފް އެޑިއުކޭޝަން ޑިޕާޓްމެންޓް ހަމަދް އަލް އިއްސާ ވަނީ މި މައްސަލަ ބެލުމަށް ކުއްލި ބައްދަލުވުމެއް ބާއްވާ މައްސަލަ ބަލަން ވަގުތީ ކޮމިޓީއެއްވެސް އެކުލަވާލާފައެވެ. މި ކޮމިޓީން މައްސަލަ ދިރާސާކޮށް ބެލުމަށްފަހު ނިންމީ މިކަމަށް އިހުމާލުވެފައިވަނީ އެވަގުތު ސްކޫލުގެ ދަރިވަރުންގެ ކަންތަކާއި އިސްކޮށް ހަވާލުވެ ހުރި ޑިރެކްޓަރ އަދި ޑިޕިއުޓީ ޑިރެކްޓަރ އަލް މަމޫން ކަމަށެވެ. އަދި އެވަގުން ފެށިގެން އޭނާ އެ މަޤާމުން ވަކިކުރިއެވެ.