English Edition
Dhivehi Edition

އޭއޯ ރޯދައިގެ ބަދިގެ އަކީ ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހަށް ޚާއްޞަ ކޮށްގެން އޭއޯ ނިއުސް އިން ގެނެސްދޭ ޚާއްޞަ ކޮލަމެކެވެ. މި ގޮތުން މި އަހަރުވެސް ތަފާތު ގިނަ އެކިވައްތަރުގެ މީރު ކެއުމާއި ބުއިން ތައްޔާރު ކުރާނެ ގޮތް މި ކޮލަމްގެ އެހީގައި އޭއޯ އިން ކޮންމެ ދުވަހަކުވެސް ގެނެސްދޭނެއެވެ.

އެގޮތުން ރޯދަ މަހުގެ 18 ވަނަ ދުވަހަށް ޚާއްޞަ ކޮށްގެން ރެސިޕީއެއްގެ ގޮތުގައި މި ގެނެސްދެނީ މައިލޯ ޑައިނަސޯރ ތައްޔާރު ކުރާނެ ގޮތެވެ.

ބޭނުންވާތަކެތި: (1 ތަށްޓަށް)

3 މޭޒުމަތީ ސަމުސާ މައިލޯ

2 މޭޒުމަތީ ސަމުސާ ހޫނުފެން

1/2 ޖޯޑު ކިރު (އައިސް ކޮށްފައިހުރި)

އައިސް ކިއުބްސް

ގާނިޝްކުރުމަށް:

ވިޕިންގ ކްރީމް ނުވަތަ އައިސްކްރީމް (ޗޮކްލެޓް ނޫނީ ވެނީލާ)

މައިލޯ ޕައުޑަރ

ތައްޔާރުކުރާނެގޮތް:

ބިއްލޫރި ތަށްޓަކަށް 3 ސަމުސާ މައިލޯ އަޅާފައި ހޫނު ފެންފޮދު އެޅުމަށްފަހު ރަނގަޅަށް ގިރާލާށެވެ. ދެން އައިސް ކިއުބް އެޅުމަށްފަހު ކިރުވެސް އަޅާލާށެވެ. މައްޗަށް ވިޕިންގް ކްރީމް ނުވަތަ އައިސްކްރީމް އެޅުމަށްފަހު ގާނިޝް ކުރުމަށް މައިލޯ ޕައުޑަރ ޑަސްޓް ކޮށްލާފައި ސާރވް ކުރާށެވެ.