English Edition
Dhivehi Edition

ނ. މަނަދޫގައި ނިޔާވެފައި އޮއްވާ ފެނުނު، އެރަށު އަންނާރުމާގޭ ނައީމާ މޫސާ ގެ ޖަނާޒާގެ ކަންކަން މިއަދު ކުރަން ނިންމައިފިއެވެ.

“ނަޢީމާގެ ހަށިގަނޑުވަނީ ޢާއިލާ އާއި ޙަވާލުކޮށްފަ. ޖަނާޒާގެ ކަންތައް މިހާރު ކުރިއަށްދަނީ” އެރަށު ކައުންސިލްގެ ރައީސް އަބްދުއްރަޙުމާން ސަބީޙު ވިދާޅުވި އެވެ.

ބޮޑެތި ޒަޚަމް ތަކާއެކު ނަޢީމާ މަރާލާފައި އޮތްވާ ފެނުނު މިޙާދިސާ ތަޙުގީގު ކުރުމަށް ރޭ ދަންވަރުން ފެށިގެން ފުލުހުންގެ ފޮރެންސިކް ޓީމެއް އެރަށުގައި ދަނީ ޙަރަކާތްތެރިވަމުންނެވެ. މިހާތަނަށް މިޙާދިސާ އާއި ގުޅިގެން އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާއިރު މަނަދޫއަށް އަރާ ފޭބުން ވަނީ މަނާކޮށްފައެވެ.

62 އަހަރުގެ ނައީމާ ނިޔާވެފައި އޮއްވާ ފެނިފައިވަނީ އޭނާ ދިރިއުޅުމުން ދިޔަ ކޮޓަރިންނެވެ. ނައީމާ ފެނިފައިވަނީ ރަށު މީހުންނަށް އޭނާ ނުފެންނަތާ ދެ ދުވަސްފަހުން ފުލުހުންނަށް ރިޕޯޓްކުރުމުން ބެލިބެލުމުގެ ތެރޭގައެވެ. ނަޢީމާގެ ކަށު ނަމާދު ކުރުން އޮތީ މިއަދު މަޢުރިބް ނަމާދަށްފަހު މަނަދޫ މަސްޖިދުއް ރިޟްވާންގައެވެ.

ޓެގު