English Edition
Dhivehi Edition
އޭއޯ ރޯދައިގެ ބަދިގެ އަކީ ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހަށް ޚާއްޞަ ކޮށްގެން އޭއޯ ނިއުސް އިން ގެނެސްދޭ ޚާއްޞަ ކޮލަމެކެވެ. އެގޮތުން މި އަދު މިގެނެސްދެނީ ވަރަށް ޚާއްޞަ މީރު ޕައި އެއް ތައްޔާރުކޮށްލާނެ ގޮތެވެ.
ބޭނުންވާ ތަކެތި
1 ޖޯޑުބައި ފުށް
1 ބިހުގެ ގޮބޮޅި
1ސައިސަމުސާ ލޮނު
2 މޭޒުމަތީ ސަމުސާ ހަކުރު
1/2 ޖޯޑު ފިނިކޮށްފައި ހުރި ބަޓަރ
3 މޭޒުމަތީ ސަމުސާ އައިސް ފެން
ފިލިންގ އަށް
1 ބިހުގެ ހުދުބައި
5 ބިސް
1 ޖޯޑު ހަކުރު
1 ސައި ސަމުސާބައި ވެނީލާއެސެންސް
350 އެމް އެލް އެވަޕަރޭޓަޑް މިލްކް ( ކާރނޭޝަން )
ތައްޔާރު ކުރާނެ ގޮތް
އެތެރެ ފުނާ ތަށްޓަކަށް ފުށާއި ހަކުރު އަދި ލޮނުކޮޅު އެއްކޮށްލާށެވެ.
ބަޓަރ ކޮޅު އެއްކޮށްފައި ބިހުގެ ގޮބޮޅި އެއްކޮށްފައި ފެންފޮދު އެއްކޮށްފައި އަތުން އެއްކޮށްފައި މޮޑެލާށެވެ .
ފުށްގަނޑު ރެޕްކޮށްފައި 1 ގަޑި އިރުވަންދެން ފްރިޖްގައި ބާއްވާށެވެ.
ރޮށިދަމާ ފިލާގައި ހިކިފުށްކޮޅެއް ހާކާފައި ފުށްގަނޑު ހުނިލީ ރޮށްޓެއްގެ ބޯމިނަށް ދަމާލާށެވެ.
ޕައިފިހޭ ތަށީގައި ފުށްގަނޑު ތަތްކޮށްލާށެވެ.
ފުށްގަނޑު ގެ ތަން ތަންކޮޅަށް އޫ ހަރާފައި ބަހައްޓާށެވެ.
ދިޔާކިރު ކުޑަ ތެއްޔަކަށް އަޅާފައި އުނދުން މައްޗަށް އުދާލާފައި ތާފަނާ ކޮށްފައި ބަހައްޓާށެވެ.
ގިރާތަށްޓަށް ބިހާއި ހަކުރު އަދި އެސެންސް އެއްކޮށްފައި ހަކުރު ގިރެންދެން ގިރާލާށެވެ.
ތަފަނާކިރު މަދުމަދުން އަޅަމުން ގޮސް އެއްކޮށްލާށެވެ.
ބިހުގެ ހުދުބައި ވަކިން އެއްޗަކަށް އަޅާފައި ފޮނުގަނޑަކަށް ވަންދެން ބިސްގިރާ އެތިން ގިރާލާށެވެ.
އެބައި ގިރާފައިހުރި ބަޔާއި އެއްކޮށްފައިވިސްކްންއެއްވަންދެން ގިރާލާށެވެ.
އެބައި ފުށްގަނޑު ތަތްކޮށްފައި ހުރިޓްރޭއަށް އަޅާލާށެވެ.
އަވަން ހޫނުކޮށްގެން 180 ޑިގްރީ ސެލްސިއަސްގައި 15 މިނިޓް ފިހެލާށެވެ.