English Edition
Dhivehi Edition

އޭއޯ ރޯދައިގެ ބަދިގެ އަކީ ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހަށް ޚާއްޞަ ކޮށްގެން އޭއޯ ނިއުސް އިން ގެނެސްދޭ ޚާއްޞަ ކޮލަމެކެވެ. މި ގޮތުން މި އަހަރުވެސް ތަފާތު ގިނަ އެކިވައްތަރުގެ މީރު ކެއުމާއި ބުއިން ތައްޔާރު ކުރާނެ ގޮތް މި ކޮލަމްގެ އެހީގައި އޭއޯ އިން ކޮންމެ ދުވަހަކުވެސް ގެނެސްދޭނެއެވެ.

އެގޮތުން ރޯދަ މަހުގެ 17 ވަނަ ދުވަހަށް ޚާއްޞަ ކޮށްގެން ރެސިޕީއެއްގެ ގޮތުގައި މި ގެނެސްދެނީ ރެޑް ވެލްވެޓް މިލްކްޝޭކް ތައްޔާރު ކުރާނެ ގޮތެވެ.

ބޭނުންވާތަކެތި:

2 ޖޯޑު ވެނީލާ އައިސްކްރީމް

4 މޭޒުމަތީ ސަމުސާ ރެޑްވެލްވެޓް ކޭކް މިކްސް

1 1/2 ޖޯޑު ކިރު

1/2 މޭޒުމަތީ ސަމުސާ ވެނީލާ އެސެންސް

ވިޕްޑް ކްރީމް

ސްޕްރިންކްލްސް

ތައްޔާރުކުރާނެގޮތް:

ބްލެންޑަރަށް ކޭކްމިކްސް، ކިރު އައިސްކްރީމް އަދި ވެނީލާ އެސެންސް އަޅާފައި ރަނގަޅަށް ބްލެންޑް ކޮށްލާށެވެ. ބިއްލޫރި ތަށި ނަގާފައި ތައްޔާރު ކުރި މިލްކްޝޭކް އެޅުމަށްފަހު މައްޗަށް ވިޕިންގ ކްރީމް އަޅާށެވެ، ސްޕްރިންކްލްސް ނުވަތަ ރެޑްވެލްވެޓް ކޭކް ފުނޑު ކޮށްފައި ވިޕް ކްރީމްގެ މައްޗަށް އެޅުމަށްފަހު ގާނިޝްކޮށް ސާރވް ކުރާށެވެ.

ނޯޓް: ރެޑްވެލްވެޓް މިލްކްޝޭކް ތައްޔާރު ކޮށްނިމޭއިރު ރަތް ކުލަ މަޑު ނަމަ ރަތްކުލަ ކޮޅެއް އަޅާލެވިދާނެއެވެ.