English Edition
Dhivehi Edition
ފިޔަވަތީގެ ކުޑަކުދިންނަށް ރައީސްގެ ދެކަނބަލުން ދެއްވި ރޯދަވީއްލުމުގެ ތެރެއިން

ފިޔަވަތީގައި ތިބޭ ކުޑަކުދިންނާއި އެކުދިންގެ ކަންކަން ބަލަހައްޓާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ރޯދަވީއްލުމެއް ދެއްވައިފިއެވެ.

ކުޑަކުދިންނަށް ޚާއްޞަ ކުޅިވަރުގެ ހަރަކާތްތަކަކާއެކު އޮތް މި ރޯދަވީއްލުން ބާއްވަވާފައި ވަނީ ބުރާސްފަތި ދުވަހު މުލީއާގޭގައެވެ.

މި ރޯދަވީއްލުމުގައި، ފިޔަވަތީގައި ތިބޭ ކުޑަކުދިންނާއި އެކުދިން ބަލަހައްޓާ ފަރާތްތަކުގެ އިތުރުން މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް، ޢާއިޝަތު މުޙައްމަދުދީދީއާއި ސްޓޭޓް މިނިސްޓަރ މުޙައްމަދު ޝިހާބާއި އެ މިނިސްޓްރީގެ ޗައިލްޑް އެންޑް ފެމެލީ ޕްރޮޓެކްޝަން ސަރވިސަސްގައި ހަރަކާތްތެރިވާ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މައިންބަފައިންނާއި ޢާއިލާއަކާއި ވަކިން، ސަރުކާރުގެ ބެލެހެއްޓުމުގެ ދަށުން ފިޔަވަތީގައި ދިރިއުޅެމުން އަންނަ ކުދިންނަށް އެކިއެކި މުވައްސަސާތަކާއި ޖަމްޢިއްޔާ ޖަމާޢަތްތަކުން ދޭތެރެ ދޭތެރެއިން ދަނީ އެހީފޯރުވުމުގެ ޙަރަތާތްތައް ހިންގަމުންނެވެ. އެގޮތުން ދާދި ފަހުންވަނީ އެޗްޑީސީ އަދި ބޭންކް އޮފް މޯލްޑިވްސް އިންވެސް އެކުދިންނާއެކު އުފާވެރި ވަގުތު ތަކެއް ހޭދަކޮށްފައެވެ.