English Edition
Dhivehi Edition
ރައީސުލްޖުމްހޫރިއްޔާ ⁦އިބްރާހިމް މުހައްމަދު ޞާލިޙު ‬⁩ މިރޭ ޓީވީ މެދުވެރިކޮށް ގައުމާ މުޚާތަބު ކުރައްވާނެކަމަށް ރައީސް އޮފީހުން ހާމަކޮށްފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު މަބުރޫކު އަޒީޒު ވިދާޅުވީ އެކަމާ ގުޅޭ އިތުރު މައުލޫމާތު ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ހިއްސާކުރައްވާނެ ކަމަށެވެ.

ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް މިރޭ ދީފައިވާ ހަމަލާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ކެބިނެޓްގެ ކުއްލި ބައްދަލުވުމެއް ބާއްވައި މަޝްވަރާކުރައްވާފައިވާކަމަށް މީގެ ކުރިން މަބްރޫކު ވަނީ ވިދާޅުވެފައެވެ.
މިރޭގެ ހާދިސާ ހިނގާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ދިރިއުޅުއްވާ ގެކޮޅުކަމަށްވާ ގ. ކެނެރީގެ ހިމެނޭ ސަރަހައްދު އަތަމާ ޕެލެސް ހޮޓަލް ކުރިމަތީ ސަރަހައްދުގައި އޮތް ކާރުކޮޅަކަށް ރައީސް ނަޝީދު އަރާވަޑައިގަންނަވަނިކޮށް އެއްޗެއް ގޮއްވާލައިގެންނެވެ. މިޙަމަލާގައި ރައީސް ނަޝީދަށް އަނިޔާވެގެން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. އެމަނިކްފާނުގެ އިތުރު ސާޖަރީއެއް ހަދަންޖެހޭކަމަށް އޭޑީކޭއިން ވަނީ ބުނެފައެވެ.