English Edition
Dhivehi Edition

ނުރަސްމީ ދަތުރުފުޅެއްގައި ރައީސް އިބްރާހީމް މުހައްމަދު ސާލިހު ސިންގަޕޫރަށް ފުރައިވަޑައިގަންނަވައިފި ކަމަށް ރައީސް އޮފޫހުން ހާމަކުރައްވަވައިފިއެވެ.

ރައީސް ވަނީ މީގެ ކުރިންވެސް ސިންގަޕޫރަށް ނުރަސްމީ ދަތުރުފުޅުތަކެއް ކުރައްވާފައެވެ. އެގޮތުން، މިދިޔަ އަހަރުގެ ފެބްރިއަރީގައި، ރައީސްގެ ތައިރޮއިޑް އޮޕަރޭޝަނެއް ވެސް އެ ގައުމުގައި ކުރެއްވިއެވެ. އެމަނިކުފާނު އެންމެ ފަހުން ސިންގަޕޫރަށް ނުރަސްމީ ދަތުރުފުޅެއްގައި ވަޑައިގެންނެވީ މިދިޔަ އަހަރުގެ އޮކްޓޯބަރުގައެވެ.

ރައީސްގެ ނުރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ވަޑައިގަންނަވާނެ ދުވަހެއް ރައީސް އޮފީހުން ހާމަ ނުކުރައްވައެވެ.