English Edition
Dhivehi Edition

އޭއޯ ރޯދައިގެ ބަދިގެ އަކީ ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހަށް ޚާއްޞަ ކޮށްގެން އޭއޯ ނިއުސް އިން ގެނެސްދޭ ޚާއްޞަ ކޮލަމެކެވެ. މި ގޮތުން މި އަހަރުވެސް ތަފާތު ގިނަ އެކިވައްތަރުގެ މީރު ކެއުމާއި ބުއިން ތައްޔާރު ކުރާނެ ގޮތް މި ކޮލަމްގެ އެހީގައި އޭއޯ އިން ކޮންމެ ދުވަހަކުވެސް ގެނެސްދޭނެއެވެ.

 

އެގޮތުން ރޯދަ މަހުގެ 16 ވަނަ ދުވަހަށް ޚާއްޞަ ކޮށްގެން ރެސިޕީއެއްގެ ގޮތުގައި މި ގެނެސްދެނީ އައިސްޑް ކޮފީ ޖެލީ ތައްޔާރު ކުރާނެ ގޮތެވެ.

ބޭނުންވާ ތަކެތި:

1 ޖޯޑު ފެން

1 މޭޒުމަތީ ސަމުސާ ކޮފީ

1/4 ޖޯޑު ހަކުރު

1 މޭޒުމަތީ ސަމުސާ އަގަރ އަގަރ ޕައުޑަރ

1 މޭޒުމަތީ ސަމުސާ ކޯން ފްލަރ

1/2 ޖޯޑު ސާގު

4 ޖޯޑު ފެން (ސާގު ކެއްކުމަށް)

2 ޖޯޑު ކިރު

1/2 ޖޯޑު ގެރިކިރު

1 ސަމުސާ ކޮފީ

ތައްޔާރުކުރާނެގޮތް:

ފުން ތަށްޓަކަށް 1 ޖޯޑު ފެން އަޅާފައި , ހަކުރު ,ކޮފީ, އަގަރ އަގަރ ޕައުޑަރ އަދި ކޯންފްލަރ އަޅާފައި ރަނގަޅަށް ގިރާލުމަށްފަހު ތެއްޔަކަށް އަޅާފައި ކައްކަން އުދާށެވެ. ރަނގަޅަށް ކެކިގަތީމަ އުނދުން މަތިން ބާލާފައި ކުޑަ ޓްރޭ އަކަށް އަޅާފައި ހަރުވަންދެން ބަހައްޓާށެވެ. ކޮފީ ޖެލީ ތައްޔާރުވީމަ ކިއުބް ގޮތަށް ކޮށާލާށެވެ.

ދެން ތެއްޔަކަށް 4ޖޯޑު ފެން އަޅާފައި ކައްކަން އުދާލާށެވެ. ކެކިގަތީމަ 1/2 ޖޯޑު ސާގު އަޅާފައި ސާގު ރޯފިލަންދެން ކައްކާފައި ފުރާނާފައި ފެން އެޅުމަށް ފަހު ބަހައްޓާށެވެ.

ޖަގަކަށް ތައްޔާރު ކުރި ކޮފީ ޖެލީ އެޅުމަށްފަހު ސާގުވެސް އަޅާފައި މީގެތެރެއަށް ކިރު އަދި ގެރި ކިރުވެސް އަޅާފައި 1 ސަމުސާ ކޮޕީ އެޅުމަށް ފަހު ރަނގަޅަށް އެއްކުރާށެވެ.

ބިއްލޫރި ތަށި ނަގާފައި ތަށްޓަށް ތައްޔާރު ކުރި އައިސްޑް ކޮފީ ޖެލީ އަޅާފައި މައްޗަށް އައިސްކިއުބް އަޅައި ސާރވް ކުރާށެވެ.