English Edition
Dhivehi Edition
އޭއޯ ރޯދައިގެ ބަދިގެ އަކީ ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހަށް ޚާއްޞަ ކޮށްގެން އޭއޯ ނިއުސް އިން ގެނެސްދޭ ޚާއްޞަ ކޮލަމެކެވެ. އެގޮތުން ރޯދަ މަހުގެ 14 ވަނަ ދުވަހަށް ޚާއްޞަ ކޮށްގެން ރެސިޕީއެއްގެ ގޮތުގައި މި ގެނެސްދެނީ ގިނަ ބަޔަކަށް މީރު ފޮނިއެއްޗެއްކަމަށްވާ އީޒީ އޯރިއޯ ކޭކް ޕުޑިންގ ތައްޔާރު ކުރާނެ ގޮތެވެ.
ބޭނުންވާ ތަކެތި
200 ގ. ކޯންފްލަރ
1500 އެމް .އެލް ދިޔާކިރު
350 ގ. ހަކުރު
4 ޖޯޑު އޯރިއޯ ބިސްކޯދު މުގުރާފައި ހުރި
ކޮކޯ ޕައުޑަރ ކުލަހިފާ ވަރަށް
ޗޮކޮލެޓް ކޭކް ކޮޅެއް މައްޗަށް ބުރުވާލުމަށް
މުގުރި ކެޖޫނަޓް ކޮޅެއް މައްޗަށް ބުރުވާލުމަށް
ޗޮކޮލެޓް ސޯސް މައްޗަށް ބުރުވާލުމަށް
ތައްޔާރު ކުރާނެ ގޮތް
ކިރާއި ހަކުރު އެއްކޮށް އުނދުން މައްޗަށް އުދާލާށެވެ.
ހަކުރު ވިރެންދެން މަޑުގިނީގައި ދޭފަތުން ހަލަމުން ކައްކާށެވެ.
ކޯންފްލަރ ކޮޅު ވަރަށް އޮލަކޮށް ކުޑަފެންފޮދެއްގައި ރަނގަޅަށް ގިރާފައި
މަދުމަދުން އަޅަމުންދޭފަތުން އަވަސް އަވަހަށް ހަލަމުން އެއްކޮލާށެވެ.
ކޮކޯ ޕައުޑަރ ކޮޅު އޮލަކޮށް ގިރާފައި އެއްކޮށްލާށެވެ.
ރޯފިލުމުން އުނދުންމަތިން ބާލާށެވެ.
ޓްރޭގައި އޯރިއޯ ބިސްކޯދު ކުނޑި ފަތުރާ ލާށެވެ .
ތަށްޓަށް އަޅާފައި ހިހޫވެލުމުން ކޭކް ކުނޑިކޮޅެއް ބުރުވާލާށެވެ.
ކެޖޫނަޓް ކޮޅެއްވެސް ބުރުވާލާށެވެ.
މިޕުޑިންގ ވެސް ތަފާތު ގޮތްގޮތަށް ތައްޔާރު ކުރެއެވެ.