English Edition
Dhivehi Edition

މާލޭގެ ގެއެއްގައި ހުރި ކެމިކަލް ގުދަން ހުސްކޮށްފިއެވެ. ފުލުހުން ވިދާޅުވީ އެގުދަން ހޯމަ ދުވަހު ހުސްކޮށްފައިވާ ކަމަށާއި، އެ ގުދަނުގައި ހުރި ސާމާނު ބަދަލުކުރީ ހުޅުމާލެއަށް ކަމަށެވެ.

މާލެ ސަރަހައްދުގައި މީގެ ކުރިން ބަހައްޓާފައިވާ މިފަދަ ގުދަންތައް ތިލަފުއްޓަށް ބަދަލުކޮށްފައިވާއިރު، މިގޮތަށް މާލެ ސަރަހައްދުގައި އަދި މީހުން ދިރިއުޅޭ އެއްވެސް ސަރަހައްދެއްގައި ކެމިކަލް ގުދަންކުރުމަކީ މަނާކަމެކެވެ. މާލޭގައި ކެމިކަލް ގުދަންކުރުން މަނާކުރީ ހ. ތިލަފުށިގޭގައި ހުރި ކެމިކަލް ގުދަނުގައި ރޯވެ ހިނގި ބޮޑު އަލިފާނުގެ ހާދިސާއަށް ފަހު އެވެ.

މާލޭގައި ކެމިކަލް ގުދަންތައް ބެހެއްޓުން މަނާކުރި ފަހުން މިކަހަލަ ކަމެއް ފެންމަތިވި މިއީ ފުރަތަމަފަ ފަހަރެވެ. އެ ގުދަނުގައި ހުރި ތަކެއްޗާއެކު ފޮޓޯތަކެއް ސޯޝަލް މީޑިއާގައިވެސް ވަނީ އާންމުވެފައެވެ. ފޮޓޯތަކުން ފެންނަގޮތުގައި ކެމިކަލް ގުދަން ހުރީ ލިލީ މަގުގައެވެ.

މިކަމާ ގުޅިގެން އެމްއެންޑީއެފްއިން ވިދާޅުވީ ކެމިކަލް ގުދަން ފުލުހުންގެ ސަމާލުކަމަށް ގެނެވި، ފުލުހުން އެކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށެވެ.

އެމްއެންޑީއެފްއިން ވަނީ އެތަނުގެ އިނީޝިއަލް އިންސްޕެކްޝަނެއްވެސް ހަދާފައެވެ. އަދި އެ ތަނުގައި ބައެއް ތަކެތި ގުދަން ކޮށްފައި ވަނީ ގަވާއިދާއި ހިލާފަށް ކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.