English Edition
Dhivehi Edition

މާލޭގައި ހިނގާދިއަ އަލިފާނުގެ ހާދިސާ އަކީ ރޭވި އިންތިޒާމްވެގެން ދެވިފައިވާ “ޓެރަރިސްޓް” ހަމަލާއެއް ކަމަށް، އެމްޑީޕީއަށް ނިސްބަތްވާ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުޢިއްޒު “ތުހުމަތު” ކުރައްވައިފި އެވެ.

މި ހާދިސާއަކީ ރޭވި އިންތިޒާމް ވެގެން ދީފައިވާ ހަމަލާއެއް ކަމަށް މެންބަރު އިބްރާހިމް މުއިއްޒު ވިދާޅުވީ އޭނާ ކުރެއްވި ޓްވީޓެއްގައެވެ. އެޓްވީޓް ފޭސްބުކްގައި ވެސް އޭނާ ޕޯސްޓް ކުރައްވާފައި ވެއެވެ.

ހެންވޭރު ތިލަފުށިގޭ ގައި ރޯވި އަލިފާނުގެ މަންޒަރު ފެންނަ ފޮޓޯއެއް އެޓޭޗްކޮށް، ފުލުހުންނާއި އެމްއެންޑީއެފް އަދި ސީޕީ ހަމީދު އަދި ޗީފް އޮފް ޑިފެންސް ފޯސް ޓެގް ކުރައްްވައި ކުރި ޕޯސްޓުގައި ވަނީ، އެމް.އޯ “މާލޭގައި ހިނގާދިއަ އަލިފާނުގެ ހާދިސާ އަކީ ރޭވި އިންތިޒާމްވެގެން ދެވިފައިވާ “ޓެރަރިސްޓް” ހަމަލާއެއް ކަމަށް” ށެވެ. ނަމަވެސް އިތުރު އެއްވެސް އެއްޗެއް އެގޮތަށް ވިދާޅުވަނީ ކީއްވެ ކަމެއްވެސް ވިދާޅެއް ނުވެއެެވެ. އަދި މި އެވާހަކަފުޅު އެގޮތަށް ހެންވޭރު އުތުރު ދާއިރާގައި އެމަނިކުފާނު އިންނަވާ ވައިބަރ ގުރޫޕެއްގައިވެސް ވަނީ ޕޯސްޓް ޝެެއަރ ކުރައްވާފައެވެ. އަދި އެހެންތޯ މީހަކު ސުވާލު ކުރުމުން “ދެޓްސް މައި އޮޕީނިއަން” އޭ ވިދާޅުވި ކަމަށެވެ.

މެންބަރު އިބްރާހިމް މުއިއްޒު ދެއްކެވި ވާހަކަފުޅާއި ގުޅިގެން އަދި މި ޕޯސްޓާއި ގުޅިގެން ނޫސްވެރިން ފުލުހުންގެ މީޑިއާ ގުރޫޕުގައި ކުރި ސުވާލަށް ފުލުހުން ބުނެފައި ވަނީ ހާދިސާ ތަހުގީގު ކުރަމުންދާތީ އަދި އެކަމަށް ކޮމެންޓް ކުރަން އަވަސް ކަމަށެވެ. އަދި ފުލުހުންގެ އާސޮން އިންވެސްޓިގޭޝަން ޓީމާއި، ފޮރެންސިކް ޓީމްތައް ދަނީ މިހާރުވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ކަމަށެވެ.

މެންބަރު މުއިއްޒު އެންމެނަށް ފެންނަ ގޮތަށް ޕަބްލިކް ޝެއާކޮށްފައިވާ މި ޕޯސްޓާއި ގުޅިގެން އެ ޕޯސްޓަށް ކޮމެންޓް ކުރި އާއްމުން ބުނެފައި ވަނީ އެހެން އެކަން ހިނގި ނަމަ އެއީ ވަރަށް ސީރިއަސް މައްސަލައެއް ކަމަށެވެ. އަދި އެފަދަ ތުހުމަތެއް މެންބަރަކު ކުރާއިރު އެއްޗެއް ބުނަންވާނީ ހެއްކާއި އެކު ކަމަށް ބުނެ އާއްމުން ވަނީ ސުވާލުކޮށްފައެވެ.އަދި މި ޕޯސްޓާއި ގުޅިގެން ނޫސްވެރިން ފުލުހުންގެ މީޑިއާ ގުރޫޕުގައި ކުރި ސުވާލަށް ފުލުހުން ބުނެފައި ވަނީ ހާދިސާ ތަހުގީގު ކުރަމުންދާތީ އަދި އެކަމަށް ކޮމެންޓް ކުރަން އަވަސް ކަމަށެވެ. އަދި އެސަރަހައްދުގައި ފުލުހުންގެ އާސޮން އިންވެސްޓިގޭޝަން ޓީމާއި، ފޮރެންސިކް ޓީމްތައް ދަނީ މިހާރުވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ކަމަށެވެ.

ހުކުރު ދުވަހު ހިނގައިދިއަ އަލިފާނުގެ ހާދިސާ ހިނގި ހ. ތިލަފުށިގޭގައި ހިންގާ ގުދަނަކީ ގްރީންޕާތް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދީފައިވާ ހުއްދައެއްގެ ދަށުން ހިންގާ ގުދަނަކަށް ވާއިރު، އެތަން ހިންގަނީ ނަގަން ޖެހޭ ހުރިހާ ހުއްދަތައް ނަގައިގެން ކަމަށް ކުންފުނިން ވަނީ ބުނެފައެވެ. އަދި އެތަނުގައި ރޯވާން ޖެހޭ ސަބަބެއް ނުވިސްނޭ ކަމަށާއި، އެމްއެންޑީއެފްއިން ބަލާފައި ސޭފްޓީ މިންގަނޑަށް ފެތޭތީ، އެންމެ ފަހުންވެސް ހުއްދަ ދޫކޮށްފައި އޮތީ ކެމިކަލް ގުދަން ކުރަން ކަމަށް އެފަރާތުން ވަނީ ބުނެފައެވެ.

ހުކުރު ދުވަހުގެ ރޭ މާލޭގަ ހިނގާ ދިޔަ އަލިފާނުގެ ހާދިސާގައި އުމުރުން 46އ. އައިޝަތު ޝައުނާ ވަނީ ނިޔާވެފައެވެ. އަދި 400 އަށްވުރެ ގިނަ މީހުން ވަނީ ހާލުގައި ޖެހިފައެވެ.