English Edition
Dhivehi Edition
އަލިފާނުގެ ހާދިސާގައި އަރި އަޅާލާފައިވާ އިމާރާތް ހުރި ސަރަހައްދު/ ފޮޓޯ ވަން އޮންލައިން

މިދިޔަ ހުކުރު ދުވަހުގެ ރޭ މާލޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި އަނދައި ބޮޑެތި ގެއްލުންތަކެއްވެ، އަރިއަޅާލި އިމާރާތް ތަޅާލުމުގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ މިއަދު ހެނދުނު 9:00 ގައި އެ އިމާރާތް ތަޅާލުމުގެ މަސައްކަތް ފަށާނެ ކަމަށާއި، އަދި އެ މަސައްކަތުގައި ސިފައިން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ. އަރިއަޅާލާފައިވާ އިމާރާތަކީ ދަނގަޑު ހޮޅިން ހަދާފައިވާ ހަތަރުބުރީގެ އިމާރާތެއް ކަމަށާއި އަދި އިމާރާތުގައި ބޭނުންކޮށްފައިވަނީ ޓިނު ކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ.

އަލިފާނުގެ ހާދިސާއަށް ފަހު ހާދިސާ ހިނގި ސަރަހައްދު ކޯޑަންކޮށް އާންމުންނަށް ނުވަދެވޭނެހެން ބަންދު ކުރުމަށް ފަހު މިހާރު ވަނީ، އަލިފާން ހިފި ސަރައްދުން ކަޅުހުރާ މަގާއި އަބަދަށްފެހި މަގުގެ ބައެއް ފިޔަވައި އެހެން މަގުތައް ވަނީ ގެތަކުގެ ވެރި ފަރާތަށާއި ގެތަކުގައި ދިރިއުޅޭ ފަރާތްތަކަށް ވަދެވޭ ގޮތަށް ހުޅުވާލައިފަ އެވެ. އަދި މީހުން ހުސްކުރި ބައެއް ގެތަކަށް އަލުން ބަދަލުވާން ވެސް މިހާރު ވަނީ އަންގައިފަ އެވެ.

ހެންވޭރު، އަބަދަށްފަހި މަގުގައި ހުރި ގުދަނެއްގައި ރޯވެ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި 7 އިމާރާތެއްގައި އަލިފާން ރޯވެ ބޮޑެތި ގެއްލުންތަކެއް ވެފައިވާއިރު މި ހާދިސާގައި އެކަކު ވަނީ މަރުވެފައެވެ.