English Edition
Dhivehi Edition

މާލޭގައި ހިނގި އަލިފާނުގެ ބޮޑު ދެ ހާދިސާތަކަށްފަހު، ނުރައްކާތެރި ކެމިކަލް ރާއްޖެ އެތެރެ ކުރުމުގެ ހުއްދަ ދިނުން ހުއްޓާލާފައި އޮތް އޮތުން ނިމުމަކަށް ގެނެސް އެ ހުއްދަ އަލުން ދޭން ފަށައިފި އެވެ.

އެމްއެންޑީއެފްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހާއި 30 ވަނަ ދުވަހު މާލޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާތަކާ ގުޅިގެން ރާއްޖެއަށް ނުރައްކާތެރި ކެމިކަލް އެތެރެކުރުމުގެ ހުއްދަ ދޫކުރުން ވަގުތީގޮތުން ހުއްޓާލި ކަމަށެވެ.

މި ބަޔާނުގައި ބުނެފައިވަނ ީ ކެމިކަލް، ރާއްޖެއަށް އެތެރެކޮށް ގުދަން ކުރުމުގެ ގަވާއިދެއް މިހާރު އެކުލަވާލައި އާންމު ކޮށްފައި އޮތުމުން ރައްކާތެރި ކަމާއެކު އަޅަންޖެހޭ ފިޔަވަޅުތަކެއް އެޅުމުގެ އިންތިޒާމު ހަމަޖައްސައިގެން މާލެ ފިޔަވައި އެހެން ރަށްރަށުގައި ގުދަން ކުރާނަމަ، ނުރައްކާތެރި ކެމިކަލް ރާއްޖެ އެތެރެ ކުރުމުގެ ހުއްދަ މިއަދުން ފެށިގެން ދޫކުރަން ފަށާފައިވާ ކަމަަށެވެ.

ސެޕްޓެމްބަރު 20 ވަނަ ދުވަހުގެރޭ މާލެގައި ހިނގި އަލިފާނުގެ ހާދިސާގައި އެކަކު މަރުވެ 700 އަށްވުރެ ގިނަ މީހުން ހާލުގައި ޖެހުނެވެ. އެ ހާދިސާގައި 26 ގެއަކަށް ގެއްލުންވެފައިވާއިރު އަލިފާނުގެ ހާދިސާ ހިނގީ އެ ސަރަހައްދުގައި ހުރި ކެމިކަލް ގުދަނެއްގައި ރޯވެގެންނެވެ. އޭގެ ފަހުން ޓީޖެޓީ ސަރަހައްދުގައި ހިނގި އަލިފާނުގެ ހާދިސާ ގައި ލޯންޗަކާއި، ތެޔޮ ބައުޒަރުތަކެއްގައި ރޯވެ އެތަކެތި ވަނީ އަނދައިގެން ގޮސް ބޮޑެތި ގެއްލުން ވެފައެވެ.

ޓެގު