އޭއޯ ރޯދައިގެ ބަދިގެ އަކީ ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހަށް ޚާއްޞަ ކޮށްގެން އޭއޯ ނިއުސް އިން ގެނެސްދޭ ޚާއްޞަ ކޮލަމެކެވެ. އެގޮތުން ރޯދަ މަހުގެ 13 ވަނަ ދުވަހަށް ޚާއްޞަ ކޮށްގެން ރެސިޕީއެއްގެ ގޮތުގައި މި ގެނެސްދެނީ ސަމްބޯލް ޗިކަން ސަބްމެރިން ތައްޔާރު ކުރާނެ ގޮތެވެ.
ސޯސް ގަނޑަށް ބޭނުންވާ
3 ފޮތި ސްލައިސް ޗީޒް
1 ފިޔާ ގާނާފައި
2 ލޮނުމެދު ގާނާފައި
1 ލުނބޯގެ ޖޫސް
1 ބިސް
1 މޭޒުމަތީސަމުސާ ކޯންއޮއިލް
1/2 ޖޯޑު މެޔޮނައިސް
ލޮނުކޮޅެއް
އަސޭމިރުސް ކޮޅެއް
ސޯސް އަށް ބޭނުންވާ ތަކެތި ރަނގަޅަށް އޮމާން ވާވަރަށް ގިރާފައި ލޮނުކޮޅަކާއި ރަހަދޭވަރަށް އަސޭމިރުސް ކޮޅެއް އެއްކޮށް ގިރާފައި ބަހައްޓާށެވެ.
2 ޖޯޑު ބައިކުދިކޮށް ކޮށާފައިހުރި ކުކުޅުމަސް (ބޯންލެސް)
1 ފިޔާ (ހިމުންކޮށް ކޮށާފައިހުރި)
2 ލޮނުމެދު ގާނާފައި
2 ކެޕްސިކަމް (ހިމުންކޮށް ކޮށާފައި)
2 ޗައިނީސް ކިއުކަންބާ ފޮތި ފޮތިކޮށްފައި
3 ޗީޒް ފޮތި (ސްލައިސް ޗީޒް)
1/4 ސައި ސަމުސާ މުގުރި އަސޭމިރުސް
2 މޭޒުމަތީ ސަމުސާ ޓޮމާޓޯ ޕޭސްޓް
1/2 ޖޯޑު ޓޮމާޓޯ ސޯސް
1 މޭޒުމަތީ ސަމުސާ ސިނީ ސަމްބޯލް
3 ފަޅި ލެޓިއުސްފަތް
4/1 ފަޅި ގިތެޔޮމިރުސް ކޮށާފައި
ލޮނުކޮޅެއް
އޮލިވް އޮއިލް
ބަޓަރުކޮޅެއް
މެޔޮނައިސް ކޮޅެއް
ތަވާ އުނދުން މައްޗަށް އުދާލާށެވެ.
ތަވާ ހޫނުވީމާ އޮލިވް އޮއިލް އަޅާފައި ތެޔޮފޮދު ހޫނުވީމާ ފިޔާ، ކެޕްސިކަމް ، ލޮނުމެދު މިރުސް އަޅާފައި މަޑު ގިނީގައި ބަހައްޓައިގެން
ދޭފަތުން ހަލަމުން ދާށެވެ.
ރަހަލާވަރަށް ލޮނާއި އަސޭމިރުސް އެއްކޮށްލާށެވެ.
ޗިކަންކޮޅު ރޯފިލާ ރަނގަޅަށް ހިކިލަންދެން މަޑު ގިނީގައި ކައްކާލާށެވެ.
ބާކީހުރި މަސްގަނޑަށް ބޭނުންވާ ސާމާނުތައް ވެސް އެއްކޮށްފައި އުނދުންމަތިން ބާލާށެވެ.
ދެން ބަނަސްތަކުގެ އެތެރެ ފަރާތުގައި ތުނިކޮށް ބަޓަރުކޮޅެއް ހާކާފައި އެތެރެ ފަރާތް ތަވާ މަތީގައި ކުޑަކޮށް ފިހެލާށެވެ.
ތުނިކޮށް ބަނަހުގެ އެތރެ ފަރާތުގައި މެޔޮނައިސް ހާކާލާށެވެ.
ކޮންމެ ބަނަހެއްގެ 1 ފަޅިމަތީ ލެޓިއުސް ފަތްކޮޅެއް ބާއްވާލާށެވެ.
ކިއުކަންބަރ ފޮތިތައް ދިގަށް އަތުރާލާށެވެ .
ޗިކަންކޮޅު ދިގަށް ފަތުރާލާށެވެ.
މަސް ގަނޑުގެ މަތީގައި ދިގަށް ސޯސް ކޮޅެއް އަޅާފައި ޗީޒް ފޮތި ތައް ވެސް ކަފާލާފައި ދިގަށް އަތުރާލާށެވެ.
އަނެއް ބަނަސް ފަޅި މަތީގައި ތަތްކޮށްފައި މައިކްރޯ ވޭވްން ޗީޒްކޮޅު ދިޔާ ވަންދެން ހޫނުކޮށްލާށެވެ.
ސަބްމެރިން ވެސް ވަރަށް ގިނަގޮތް ގޮތަށް ތައްޔާރު ކުރެއެވެ