English Edition
Dhivehi Edition

ތިމަރަފުށި މަތުތަކުގައި ތާރު އެޅުން ލަސްވާތީ، އެދާއިރާގެ މަޖިލިސް މެމްބަރު އަބްދުﷲ ރިޔާޒު ބަހުގެ ހަމަލާތަކެއް އާރްޑީސީއަށް އަމާޒުކުރައްވައިފި އެވެ.

އޭނާ ބަހުގެ ހަމަލާތަކެއް އާރްޑީސީ އަށް ދެއްވާފައި މިވަނީ ހއ. އިހަވަންދޫ މަގުހެދުމުގެ މަޝްރޫޢު އެ ކުންފުންޏާއި ހަވާލުކުރުމުން ނެވެ.

ރިޔާޒު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ އާރްޑީސީ އަކީ 4 އަަހަރު ވީއިރު، ތިމަރަފުށީ 8 މަގުގައި ތާރު ނޭޅުނުބައެއް ކަމަށެވެ.

ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓްރީން، ތިމަރަފުށީގެ މައި މަގުތައް ތަރައްޤީކުރުމުގެ މަސައްކަތް އާރް.ޑީ.ސީއާއި ހަވާލުކޮށް، އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 21 ޑިސެމްބަރު 2019 ގަ އެވެ.

މި މަޝްރޫޢަށް 75 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

މިމަސައްކަތު ހިނގަމުންދާލެއް ލަސްވާތީ، އެކަމުގެ ޝަކުވާ އެރަށުގެ ރައްޔިތުން ވެސް އަންނަނީ ކުރަމުން ނެވެ.